މާލޭގައި މީދާ ގިނަވުމުގެ ސަބަބުން، ރައްޔިތުންނަށް ކުރިމަތިވަމުންދާ އުނދަގޫތައް ހައްލުކުރުމަށް ޓަކައި، މާލެ ސިޓީ ކައުންސިލުން ޚާއްޞަ ހަރަކާތެއް މިއަދު ފަށައިފިއެވެ.
މި ހަރަކާތް ރަސްމީކޮށް ފައްޓަވައި ދެއްވީ މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމެވެ.
މާލޭގެ އެންމެ ކާރުބާރުބޮޑު އެއް ސަރަހައްދު ކަމަށްވާ ލޯކަލް މާރުކޭޓް ސަރަހައްދުން، މި ހަރަކާތް ފަށައިފައިވަނީ، މިއަދު ހެނދުނުއެވެ. މާލޭގައި މީދާ ގިނަ ވުމުގެ ސަބަބުން، އާންމު ރައްޔިތުންނަށް އޭގެ އުނދަގޫ އިންތިހާއަށް ކުރިމަތިވަމުން އަންނަ ކަމުގެ ގިނަ ޝަކުވާތަކެއް ކައުންސިލަށް އަންނަނީ ލިބެމުންނެވެ.
މާލެއިން މީދާ މަދުކުރުމުގެ ހަރަކާތް ފައްޓަވައި ދެއްވަމުން، މޭޔަރ ޢާޒިމް ވިދާޅުވީ، މި ހަރަކާތް މިއަދު ލޯކަލް މާރުކޭޓް ސަރަހައްދުގައި ފެށުނު ކަމުގައި ވިޔަސް، ކުރިއަށް އޮތް ދުވަސްތަކުގައި މާލޭގެ އެކި ސަރަހައްދުތަކުގައި މިހަރަކާތް ކުރިއަށް ގެންދާނެ ކަމަށެވެ. މި ހަރަކާތަކީ މާލެ ސިޓީ ކައުންސިލްގެ ހެލްތް ޕޮލިސީގެ ދަށުން ކުރިއަށް ގެންދާ ހަރަކާތެކެވެ. މި ހަރަކާތުގައި މޭޔަރ ޢާޒިމްގެ އިތުރުން ބައެއް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސާގެ އިތުރުން ކައުންސިލްގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މީގެ އިތުރުން މޭޔަރު ޢާޒިމް ވިދާޅުވީ، މި ހަރަކާތް ހިންގަނީ ކައުންސިލްގެ މުވައްޒަފުން ކަމަށާއި، މީދާ މަރާނީ، މީދާ މަރާ ބޭސް، އެކި ތަންތަނަށް އަޅައިގެން ކަމަށެވެ. މި ހަރަކާތުގެ ސަބަބުން މާލޭގެ ސާފުތާހިރުކަން އިތުރުވެ، ރައްޔިތުންނަށް ކުރިމަތިވަމުންދާ، މީދާގެ އުދަގޫތައް ކުޑަވެގެންދާނެކަމަށް ބެލެވޭ ކަމަށް ވެސް މޭޔަރ ޢާޒިމް ވިދާޅުވިއެވެ. މި ހަރަކާތުގެ ތެރެއިން މީދާ މަރުވުމުން، އެ މީދާތައް އެއްކޮށް ނެގުމުގެ މަސައްކަތް ވެސް މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
އުރީދޫގެ ހިދުމަތްތަކަށް ބުރޫ އަރައިފި
ކުރީގެ ރައީސުން މުޒާހަރާ ކުރަން ނިކުންނައިރު ސެކިއުރިޓީ ކަނޑާލަނީ
މަޝްރޫއު އަވަސްކުރަން ޚާއްސަ ޔުނިޓު އުފެއްދުމަކީ ސަރުކާރު ފެއިލްވުން
ސިނގިރޭޓުގެ އަގު ހެޔޮކުރާ ބިލު މުޅި މަޖިލީހުގެ ކޮމެޓީން ފާސްކޮށްފި
މަޝްރޫއުތައް ނިންމަން މިނިސްޓްރީތަކުގައި ހާއްސަ ޔުނިޓެއް
އިންޑަސް ކޭޗްމަންޓް ސަރަޙައްދުގެ ފެނުގެ ބަހުސް އަލުން ވަޒަންކުރުން