ށ. ފުނަދޫއިން ފީވަކަށް އެކަނި ދޯންޏެއްގައި ދަތުރުކުރަމުންދިޔަ މީހަކު ކަނޑުވެފައި ވަނިކޮށް ސަލާމަތްކޮށްފިއެވެ.
މި ހާދިސާގައި ދޯނީގައި އެކަނި ދަތުރުކުރަމުން ދިޔަ މީހާ ސަލާމަތްކުރީ ފުލުހުންގެ ލޯންޗެއްގެ އެހީތެރިކަމާއެކުގައެވެ.
ފުލުހުންގެ ބުނި ގޮތުގައި، މި ހާދިސާގެ މައުލޫމާތު މިއަދު މެންދުރު 11:50 އެހާކަންހާއިރު ފުލުހުންނަށް ލިބިފައިވެއެވެ. މައުލޫމާތު ލިބުމާއެކު ފުލުހުންގެ ލޯންޗު ވަނީ އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވެފައެވެ.
ފުލުހުން އެ ސަރަހައްދު ބަލަމުންދަނިކޮށް، ދޯނިން ދަތުރުކުރި 68 އަހަރުގެ ފިރިހެން މީހާ ފީވަކަށް ކައިރި ކަނޑުމަތިން ފެނިފައިވެއެވެ. ފުލުހުން ވަނީ އެމީހާ ސަލާމަތްކޮށް، ފުލުހުންގެ ލޯންޗުގައި ފީވަކަށް ގެންގޮސްފައެވެ. ފުލުހުން ބުނެފައިވާ ގޮތުގައި ސަލާމަތްކުރި މީހާގެ ހާލު ރަނގަޅެވެ.
މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ގޮތުގައި، ދޯނީގައި ދަތުރުކޮށްފައިވަނީ އެކަނި އެވެ. ދޯނި އަޑިއަށް ދިއުމުގެ ސަބަބުން ދޯނީގެ ބައެއް ތަކެތި އޮޔާ ދާތީ، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދެއްވައިގެން ދަތުރުކުރެއްވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ