މިފްކޯ އަށް ގަންނަ ކަޅުބިލަ މަހުގެ ތެރެއިން ރަނގަޅު އަގު ލިބޭ މަހުގެ ސައިޒަކީ 1.5 ކިލޯ ކަމަށް ނިންމާފައި އޮތް އޮތުން ބަދަލުކޮށްފިއެވެ.
ސަރުކާރުން ގެނެސްފައިވާ މި ބޮޑު ބަދަލު އިއުލާން ކުރީ މަސްވެރިންގެ ދުވަހާ ގުޅިގެން ރ. ދުވާފަރުގައި މިހާރު ކުރިޔަށް ގެންދާ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
"މިއަދުން ފެށިގެން ގެންނަ މައިގަނޑު އެެއް ބަދަލަކީ ދޮޅު ކިލޯގެ ބަދަލުގައި އެއް ކިލޯއިން ފެށިގެން މަތީގެ މަހަށް އެންމެ މަތީ ރޭޓުގައި މަސް ގަންނަ ގޮތަށް ބަދަލުކުރުން،" ރައީސް ވިދާޅުވިއެވެ.
މިފްކޯ އިން ކުދި ކަންނެއްޔަށާއި ކަޅުބިލަ މަހަށް މިހާރު ދޭ އެންމެ ބޮޑު އަގަކީ 16 ރުފިޔާއެވެ. ކުދި މަސް ކަމަށް އެ ކުންފުނިން ބަލާ މިންގަނޑަކީ 1.5 ކިލޯއެވެ.
"މިފްކޯއަށް އެ ދުވަހަކު 17ރ. އަށް ގަނެވެންޏާ، 18ރ. އަށް ގަނެވެންޏާ އެ ބޭފުޅުން އަދި އެއަށް ވުރެ މައްޗަށް ވެސް ގަނެވެންޏާ މިފްކޯ އިން ކަނޑައަޅާނެ އެ ވަގުތަކު ގަނެވޭނެ އެންމެ މަތީ އަގު،" ރައީސް ވިދާޅުވިއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ