ތަމްރީނު ދަތުރެއްގައި ދިވެހި ފުލުހުން ހިދުމަތުގެ އޮފިސަރުންތަކެއް އަވަށްޓެރި އިންޑިއާ އަށް ހިނގައްޖެއެވެ.
ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން މަލޫމާތުދިން ގޮތުގައި ބަދަލުވަމުން އަންނަ ދުނިޔޭގައި، ގައުމާ ދެކޮޅު ފަރާތްތަކުން ސަލާމަތީ ނިޒާމަށް ގޮންޖެހުންތައް ކުރިމަތިކުރުމަށް އާ ގޮތްތައް ހޯދަމުންދާއިރު، ސަލާމަތީ އިދާރާތަކުން އެ ބަދަލުތަކާ އެއްވަރަށް ކުރިއަށް ދިއުމަށްޓަކައި އެމީހުންގެ ހުނަރުތައް އަބަދުވެސް ތަރައްގީ ކުރަންޖެހޭނެއެވެ.
އެހެންކަމުން، ސަރުދާރު ވަލްލަބްބާއީ ޕަޓޭލް ނޭޝަނަލް ޕޮލިސް އެކަޑަމީ (އެސްވީޕީއެންޕީއޭ)، ހައިދަރުއާބާދާއި ދިވެހި ފުލުހުންގެ ހިދުމަތާއި ދެމެދު ގާބިލުކަން އިތުރުކުރުމާއި އެއްބާރުލުން ދޭނެ ދާއިރާތަކާ ގުޅޭ އެމްއޯޔޫގައި 26 މާޗު 2022ގައި ސޮއި ކޮށްފައިވާނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
މިހާތަނަށް ޖުމްލަ 95 ފުލުސް އޮފިސަރުންނަށް ތަމްރީނު ދެވިފައިވާ ކަމަށް އެ ކޮމިޝަނުން ދީފައިވާ މައުލޫމާތުތަކުގައިވެއެވެ.
އިންޑިއާ ހައި ކޮމިޝަނުން ބުނީ ދިވެހިރާއްޖެ އަކީ އިންޑިއާގެ މުހިންމު އަވައްޓެރިއެއް ކަމަށެވެ. ރާއްޖެއަކީ އަދި އިންޑިއާގެ "ނެއިބަރހުޑް ފަސްޓް" ސިޔާސަތާއި، "މަހާސާގަރު" ވިޝަންގެ ދަށުން މުހިންމު ބައިވެރިއެއް ކަމަށްވެސް ބުންޏެވެ.
ރައީސަށް ގަޒުފްކުރި ކަމަށް ތުހުމަތުކޮށް އާސިއްޕެ ޕޮލިހަށް
އިންޑިއާ އަށް ވަޑައިގެން އިރުތިޝާމް ޖައިޝަންކަރާ ބައްދަލުކޮށްފި
މަޖިލިސް ނާއިބުކަމުން ނާޒިމް ވަކިކުރަން ސޮއި ހަމަކޮށްފި
ޖަލަށްލި ދެ ނޫސްވެރިން ދޫކޮށްލާ، ނޫސްވެރިން ކުރަނީ ގައުމީ މަސައްކަތެއް