ފިލައިގެން ރައްކާވާނެ މީހަކަށް ދުވަހަކު ވެސް ނުވާނަން ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރުކަމުގެ އެމްޑީޕީ ޓިކެޓަށް ވާދަކުރައްވާ މިހާރު ވެސް މާލެ ސިޓީ ކައުންސިލްގެ މޭޔަރުކަން ކުރައްވާ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
ހުޅުމާލެ ޓްރީހައުސްގައި މިރޭ ބޭއްވި ކެމްޕެއިން ހަފްލާއެއްގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ އޭނާ އަކީ ޕާޓީން ގޮވާލާ ކޮންމެ ހިނދެއްގައި ނުކުންނާނެ މީހެއް ކަމަށެވެ. މުޒާހަރާއެއް ކުރާނަމަ އެންމެ ކުރީގައި ވެސް ހުންނަވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.
"މުޒާހަރާތަކުގައި އެންމެ ކުރީގައި ހުންނާނެ. އަޅުގަނޑު ލޮލަށް ސްޕްރޭ ޖަހާފައި ތިޔަބޭފުޅުންގެ ގަޔަށް ސްޕްރޭ ޖެހޭނީ،" އާޒިމް ވިދާޅުވިއެވެ.
އެމްޑީޕީ މެންބަރުންނާއި އޭނާގެ ކެމްޕެއިންގައި އޭރުވެސް އަދި މިހާރުވެސް ހަރަކާތްތެރިވާ ފަރާތްތަކަށް ޝުކުރު އަދާކުރައްވަމުން އާޒިމް ވަނީ އޭނާ އެމްޑީޕީގެ މެންބަރުން މާޔޫސް ނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
"މިހުރީ ނަގަލި ލާފައި، ދެން ގުޑުވައެއް ނުލެވޭނެ. ފިލައިގެން ރައްކާވާނެ މީހަކަށް މި އާދަމް އާޒިމެއް ނުވާނަން،" އާޒިމް ވިދާޅުވިއެވެ.
އާޒިމްގެ ވާހަކަފުޅުގައި ވިދާޅުވީ ޕްރައިމަރީ އޭނާ ކާމިޔާބު ކުރައްވާނީ، އެއްވެސް މީހެއްގެ މަހާ ކައްޓާ ކައިގެން ނޫން ކަމަށެވެ. އިންތިހާބު ކާމިޔާބު ކުރާނީ އިހްތިރާމާ ލޯތްބާއެކު ކަމަށް އޭނާ ވިދާޅުވިއެވެ.
އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ބަދަހި ކުރާނަން: ރައީސް
ކައުންސިލްތަކުގެ އަތުން ބިން ނަގާ އިސްލާހާ ދެކޮޅަށް ސޮއި ހަމަވެއްޖެ
ކާރިސާތަކުގައި އެހީވުމަށް އިންޑިއާއިން ދައްކުވައިދޭ ނަމޫނާ!
ދޯނި އަޑިއަށް ދިޔަ ފުންމިނުގައި އަސްކަރީ ސަބްމެރިންވެސް ދަތުރުނުކުރާނެ
އެމްޑީޕީގެ ރައީސްކަމުން ޝާހިދު އިސްތިއުފާ ދެއްވައިފި
ރައީސާ ބައްދަކުރަން ބޭނުންވާ ފަރާތްތަކުގެ ބައްދަލުވުންތައް ފަށައިފި