އިދިކޮޅު އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) އިންތިހާބު ކޮށްފިއެވެ.
ގަޕޯ އިންތިހާބު ކޮށްފައި ވަނީ މިރޭ ބޭއްވި އެޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި 65 މެންބަރުންގެ ވޯޓުންނެވެ.
އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ހޮވުމަށް މިދިޔަ މަހުގެ 30 ވަނަ ދުވަހު ބޭއްވި ޖަލްސާ ހޫނުވެގެން މެދުކަނޑާލުމާ ގުޅިގެން، އެ ހިސާބުން ފެށިގެން އެ މަސައްކަތް ކުރިއަށް ގެންދިއުމަށް މިރޭ އަލުން ބައްދަލުވުމެއް ބާއްވާފައިވެ އެވެ. އެ ދުވަހުގެ ޖަލްސާ މެދުކަނޑާލިއިރު، އެ މަގާމަށް ހުށަހަޅައި ތާއީދު ލިބިފައި އޮތީ ދެ ބޭފުޅަކަށެވެ. އެއީ ޣަފޫރާއި، ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ވަހީދެވެ.
ނަމަވެސް، ޖަލްސާ މެދުކަނޑާލުމަށް ފަހު ވަހީދު އެ މަނިކުފާނުގެ ނަން އަނބުރާ ގެންދެވުމާ ގުޅިގެން، މިރޭގެ ވޯޓު ނެގުން ކުރިއަށް ގެންދެވުނީ ހަމައެކަނި ޣަފޫރުގެ ނަމަށެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަސްއޫލިއްޔަތު ވަގުތީ ގޮތުން އަދާކުރާނެ ބޭފުޅަކު ހޮވުމަށް ގައުމީ މަޖިލީހުގެ މި ބައްދަލުވުން ބާއްވާފައި ވަނީ، އެ މަގާމުގައި ގާތްގަނޑަކަށް ހަތަރު އަހަރު ހުންނެވި ފައްޔާޒު އިސްމާއިލް ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ވަގުތީ ޗެއާޕާސަންގެ މަގާމާ ޣަފޫރު ހަވާލުވެވަޑައިގަތުމަށް ފަހު، މިރޭގެ ޖަލްސާގައި ފުރަތަމަ ކުރިއަށް ގެންދިޔައީ އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބުގެ ކަންކަން ކުރިއަށް ގެންދާނެ ގޮތާ ގުޅޭ ބަހުސެވެ. މި ބަހުސްގައި ބައިވެރިވެވަޑައިގެންނެވި ގިނަ މެންބަރުން ވަނީ ޣަފޫރަށް މަރުހަބާ ދަންނަވައި، އެ މަނިކުފާނަށް އެބަ އިތުބާރު އޮތް ކަމަށް ވިދާޅުވެފަ އެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް