އދގެ ޢާއްމު މަޖިލީހުގެ ރައީސުންގެ ކައުންސިލްގެ ބައްދަލުވުމުގައި ކުރީގެ ޚާރިޖީ ވަޒީރު އަދި އާއްމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސް ޢަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގެންފިއެވެ.
މި ބައްދަލުވުން އޮތީ ޤަތަރުގެ ވެރިރަށް ދޯހާ ގައެވެ. ޢާއްމު މަޖިލީހުގެ ކުރީގެ 13 ރައީސަކު ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމަށްފަހު ނެރުނު ދޯހާ ޑެކްލަރޭޝަންގައި، އާއްމު މަޖިލީހުގެ ރައީސުން ވަނީ 21 ވަނަ ޤަރުނުގެ މައްސަލަތަކަށް ހައްލު ހޯދުމަށް މަސައްކަތްކުރެވޭ ތަނަކަށް އދ ހެދުމަށް، އެ މަޖްއިއްޔާއަށް ގެންނަން ޖެހޭ ބަދަލުތައް ފާހަގަކުރައްވާފައެވެ.
އެގޮތުން ދޭދޭ ޤައުމުތަކުގެ މެދުގައި އުފެދޭ މައްސަލަތައް ހައްލުކޮށް، ދުނިޔޭގައި ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށް އދ އުފެއްދި މައިގަނޑު މަޤްސަދަށް އަނެއްކާވެސް ރުޖޫޢަވެ، ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ބާރު ނެގެހެއްޓުމަށް ކައުންސިލުން ވަނީ ގޮވާލާފައެވެ. އަދި ތިމާވެށިގެ ސަމިޓްގައި އެކުލަވާލެވުނު ޕެރިސް އެގްރިމެންޓްގައިވާ ކަންކަން ތަންފީޒުކުރުމަށް ޤައުމުތަކުން ކުރަން ޖެހޭ ކަންކަން ކުރުމަށް އދ އިން ބާރު އެޅުމަށްވެސް ކައުންސިލުން ގޮވާލިއެވެ.ދޯހާގައި ބެއްވި ކައުންސިލް އޮފް ޕްރެޒިޑެންޓްސް އޮފް ދަ ޔޫ.އެން ޖެނެރަލް އެސެމްބްލީގައި އެ ކައުންސިލްގެ ރައީސްކަމަށް ޤަތަރުގެ ނާސިރް އަބްދުލްޢަޒީޒް ނާސިރު މެމްބަރުންގެ އިއްތިފާޤުން ވަނީ އިންތިޚާބުކޮށްފައެވެ.
ނާސިރު އަކީ އދގެ 66 ވަނަ ދައުރުގެ އާއްމު މަޖިލީހުގެ ރައީސެވެ. އަދި ނައިބު ރައީސާކަމަށް އިކުއެޑޯރގެ މާރިއާ ފެނާންޑާ އެސްޕިނޯސާ ވެސް ވަނީ އިންތިޚާބު ކޮށްފައެވެ. އެކަމަނާ އަކީ 73 ވަނަ ސެޝަންގެ ރައީސާއެވެ.
ޝާހިދު އދގެ އާއްމު މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވީ އެމަޖިލީހުގެ 76 ވަނަ ސެޝަންގައި، 2021 ވަނަ އަހަރުގެ ސެޕްޓެމްބަރުން 2022 ވަނަ އަހަރުގެ ސެޕްޓެމްބަރަށެވެ. 1997 ވަނަ އަހަރު އުފެއްދި ކައުންސިލް އޮފް ޔޫ.އެން ޖެނެރަލް އެސެމްބްލީ ޕްރެޒިޑެންޓްސް އަކީ އދގެ އާއްމު މަޖިލީހުގެ ރިޔާސަތަށާއި، އާއްމު މަޖިލީހަށް ލަފާ އަރުވާ، އެ މަޖިލީހުގެ މަސައްކަތަކާއި މަލްޓިލޭޓަރަލިޒަމް ކުރިއަރުވާ ކައުންސިލެވެ. މި ކައުންސިލްގެ މެމްބަރުންނަކީ އދގެ އާއްމު މަޖިލީހުގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނާއި، އެވަގުތު ހިނގަމުންދާ ކައުންސިލްގެ ރައީސެވެ.
ދެ ގައިދީން މަރުވި މައްސަލާގައި ޕޯސްޓްމޯޓަމް ހަދަން ފޮނުވައިފި
ސިއްހީ ދާއިރާއިން އެންމެ ނުފޫޒުގަދަ 100 ޝަހުސިއްޔަތުގެ ތެރޭގައި ރައީސް
މާލޭގެ އިރުމައްޗާއި އުތުރު ފަރާތުގެ ތޮށިގަނޑު މަރާމާތުކޮށް ހަދަނީ
އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަން ތަރުތީބުކޮށްފި
ސައުދާ އަށް އާޒިމް: ރައްޔިތުންގެ އިތުބާރަކީ ކުޅޭކުޅޭ އެއްޗަކަށް ނުހަދާ