ހާއްސަ ހާލަތްތަކުގައި ޕެންޝަން ފަންޑުގައި ހުންނަ ފައިސާ ބޭނުން ކުރެވޭނެ ގޮތްތަކެއް ހެދުމަށް ޕެންޝަނާއި ބެހޭ ގާނޫނަށް އަންނަ މަޖިލިސް ދައުރުގައި ހުށަހަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މާލޭގައި ދިރިއުޅޭ ރައްޔިތުންނާއި ބައްދަލުކުރުމަށް ރައީސް މުއިއްޒު ކުރިޔަށް ގެންދަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން މިރޭ ވަނީ ހެންވޭރު ރައްޔިތުންނާ ބައްދަލުކުރައްވައިފައެވެ.
ކަލާފާނު ސްކޫލުގައި މިރޭ ބޭއްވި އެ ބައްދަލުވުމުގައި މީހަކު ޕެންޝަން ފަންޑުގައި ހުންނަ ފައިސާ ބޭނުން ކުރެވޭނެ ގޮތްތައް އިތުރު ކުރެވޭނެ ގޮތާއި ގުޅޭ ގޮތުން ސުވާލު ކޮށްފައެވެ.
ރައީސް މުއިއްޒު ވިދާޅުވީ ޕެންޝަން ފަންޑުގައި ހުރި ފައިސާ އެދެވޭ ރަނގަޅު ގޮތެއްގައި ހިފޭނެ ގޮތްތަކެއް ހޯދައި ދެއްވާނެ ކަމަށް ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ވައުދުވެވަޑައިގެންފައި ވާނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އޭގެތެރެއިން ބައެއް ކަންކަން މިހާރުވެސް ފެށިފައިވާ ކަމަށެވެ.
"ދެން ހުޅުވޭ ދައުރަށް [ރައްޔިތުންގެ މަޖިލިސް] އެބަ ހުށަހަޅަން އިސްލާހުތަކެއް [ޕެންޝަނާ ބެހޭ ގާނޫނަށް]. އޭގެތެރެއިން އިރާދަކުރެއްވިއްޔާ ވަރަށް ގިނަ ކަންތައްތަކެއް ފުރުސަތު އެބަ ލިބޭ.... ހާއްސަ ހާލަތްތަކުގައި ޕެންޝަން ފަންޑުން ފައިސާ ބޭނުން ކުރެވޭނެ ގޮތަށް. އެ ހާއްސަ ހާލަތްތައް އޭގައި [އިސްލާހުގައި] ހިމެނޭނެ،" ރައީސް މުއިއްޒު ވިދާޅުވިއެވެ.
ޕެންޝަން ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ނިންމިއިރު ޕެންޝަން ފަންޑުން މިހާރުވެސް އެ ފަންޑުގައި ފައިސާ ހުރި މިންވަރަށް ބަލާ ހައްޖުގެ އަޅުކަން އަދާ ކުރުމަށް ފައިސާ ދެއްކެއެވެ.
އުރީދޫގެ ހިދުމަތްތަކަށް ބުރޫ އަރައިފި
ކުރީގެ ރައީސުން މުޒާހަރާ ކުރަން ނިކުންނައިރު ސެކިއުރިޓީ ކަނޑާލަނީ
މަޝްރޫއު އަވަސްކުރަން ޚާއްސަ ޔުނިޓު އުފެއްދުމަކީ ސަރުކާރު ފެއިލްވުން
ސިނގިރޭޓުގެ އަގު ހެޔޮކުރާ ބިލު މުޅި މަޖިލީހުގެ ކޮމެޓީން ފާސްކޮށްފި
މަޝްރޫއުތައް ނިންމަން މިނިސްޓްރީތަކުގައި ހާއްސަ ޔުނިޓެއް
އިންޑަސް ކޭޗްމަންޓް ސަރަޙައްދުގެ ފެނުގެ ބަހުސް އަލުން ވަޒަންކުރުން