ދެހާސް ހަތާވީސް ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ހުރިހާ ސްކޫލުތަކެއްގެ ޔުނީފޯމަށް ސަރުކާރުން ގެންނަން ނިންމާފައިވާ ނިންމުމަަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެކޮޅު ހައްދަވައިފިއެވެ.
ނަޝީދު މިއަދު އެކްސްގައި ވިދާޅުވީ ރާއްޖޭގައި 90،000 އަށް ވުރެ ގިނަ ދަރިވަރުން އެބަތިބި ކަމަށާއި މިހާރު ހުށަހަޅާފައިވާ ޔުނިފޯމަށް އެންމެ މަދުވެގެން ވެސް 900 މިލިއަން ހަރަދުވާނެ ކަމަށެވެ.
އަދި ބެލެނިވެރިންގެ އަތުން 80 މިލިއަނަށް ވުރެ ގިނައިން ފައިސާ ނަގައި، އެ ފައިސާ ފޮތި ފިހާރަތަކަށް ދިނުމަކީ ދެކޮޅު ޖެހޭ ކަމެއް ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ.
"ޔުނިފޯމް ބަދަލުކުރުމަކީ ހަރަދުބޮޑު ބޭކާރު ކަމެއް. މިހާރުވެސް ދަރިވަރުން އެ ތިބެނީ އެކަށީގެންވާ ވަރަށް ނިވާވެގެން،" ނަޝީދު ވިދާޅުވިއެވެ.
ސަރުކާރުން ވަނީ ޔުނީފޯމަށް ބަދަލު ގެންނަނީ އެއް މިންގަނޑެއްގައި ޔުނީފޯމުތައް ހިފަހައްޓައި ފަސޭހަކަމާއެކު ޔުނީފޯމް ލިބޭނެ ގޮތް ހެދުމުގެ ގޮތުން ކަމަަށް ބުނެފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ