ވެރިކަން ގެއްލި، މާޔޫސްކަމުގެ ރަޖާލައިގެން އޮތް ވަގުތު މާލޭ މޭޔަރުކަމުގެ ބައި-އިލެކްޝަން ކާމިޔާބުކޮށް އެމްޑީޕީއަށް ރޫހު ގެނުވައިދިނީ އޭނާ ކަމަށް، މޭޔަރުކަމުގެ ގޮނޑިއަށް އަލުން ވާދަކުރައްވާ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. އެމްޑީޕީ މާލެ މޭޔަރުކަމުގެ ޕްރައިމަރީ ކެމްޕެއިންއާ ގުޅިގެން އެމްޑީޕީ ހަރުގޭގައި މިރޭ ބޭއްވި ޖަލްސާއެއްގައި އާޒިމް ވަނީ، ޕާޓީގެ ހާލަތު އޭރު އޮތް ގޮތް ހަނދާންކޮށްދެއްވާފައެވެ.
"ވެރިކަން ގެއްލި، ޕާޓީ މާޔޫސްކަމުގެ ރަޖާލައިގެން އޮތް ވަގުތު އެއްކަލަ ރަޖާ ދަށުން ނުކުމެ، ހިތްވަރުކޮށްގެން މާލޭގެ މޭޔަރުކަމުގެ ގޮނޑި އެމްޑީޕީއަށް ކާމިޔާބުކޮށް ޕާޓީއަށް ރޫހު ގެނުވައިދިން އާދަމް އާޒިމޭ." އާޒިމް ވިދާޅުވިއެވެ.
އޭނާ އިތުރަށް ފާހަގަކުރެއްވީ ރައީސް ސޯލިހުގެ ސަރުކާރުގައި އެތައް ބަނދަރަކާއި މަގުތަކާއި އިމާރާތްތަކާއި އެއާޕޯޓްތަކާއި އާރްޓީއެލް ޕްރޮޖެކްޓުން ރާއްޖެ ގުޅާލުމުގެ ބިންގާ އެޅީ އޭނާ ކަމަށެވެ. މީގެ އިތުރުން، އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވިއިރު، މާލޭގެ މަގުތަކަކަށް ނަޖިސް އެރުން ހުއްޓުވީ އޭނާ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ. އިބޫގެ ވެރިކަމުގެ ފުރަތަމަ ދުވަސްވަރު އާޒިމް ހުންނެވީ އެމްޑަބިއުއެސްސީގެ މެނޭޖިން ޑިރެކްޓަރަކަށެވެ. އެއަށްފަހު އެމްޓީސީސީގެ އެމްޑީއަކަށެވެ.
މާލޭގައި ފެންބޮޑުވާ މައްސަލައަށް އަލިއަޅުވާލައްވަމުން އާޒިމް ވިދާޅުވީ، މާލޭގައި ފެންބޮޑުވަމުންދާތާ 20 ނުވަތަ 30 އަހަރުވެފައިވާ ކަމަށާއި، ކުރިން ފެންބޮޑުވާ ކޮންމެ ފަހަރަކު 300 ވެލިބަސްތާ ޖަހައި، 200 ވަރަކަށް ގެއަށް ފެން ވަދެ، ފަރުނީޗަރުތަކާއި އެތަކެއް ތަކެއްޗަށް ގެއްލުންވި ކަމަށެވެ. ނަމަވެސް، އޭނާގެ މޭޔަރުކަމުގައި މާލެ ސިޓީ ކައުންސިލްގެ މަސައްކަތުން މިހާރު ގެތަކަށް ފެން ނުވަންނާނެ ކަމަށް އާޒިމް ވިދާޅުވިއެވެ. މާލޭގެ ލޭންޑު އޮޑިޓެއް ހަދައި އާންމުކޮށްފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ސިޓީ ކައުންސިލްގެ ވޭތުވެދިޔަ 5000 ދުވަހުން ނުވެ އުޅުނު ކަމެއް އޭނާގެ މޭޔަރުކަމުގެ ދެ އަހަރު ނުވަނީސް ކޮށްފައިވާ ކަމަށް އާޒިމް ފާހަގަކުރެއްވިއެވެ.
ކައުންސިލްގެ އެތެރޭގެ ކަންކަމަށް އިޝާރާތް ކުރައްވަމުން އާޒިމް ވިދާޅުވީ، މާލެ ސިޓީ ކައުންސިލްގެ އެއްބަސްވުމެއް، ވިލިމާލެ ދާއިރާގެ ކައުންސިލަރު ނައުލާ އަލީ ވީދާލި ސީސީޓީވީ ވީޑިއޯ އާންމުވެފައިވާތީ އެކަމަށް އިޝާރާތްކޮށް، ކަންކަން ހައްލުކޮށް ހަރުދަނާކުރަން އުޅޭ މީހަކަށް "ލައްކަވަރު" ކޮށްލާނެކަން އެނގޭ ކަމަށެވެ. އޭނާ ވަނީ މިފަދަ ކަންކަމަށް ގާނޫނީ ފިޔަވަޅު އަޅުއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
"ކަންތައްތަށް ވިޔާނުދާކޮށް ކުރި މީހުން، ކަންތައްތައް ފޮރުވަންވެގެން އެއްޗެހި އިރާނެ. އެހެންނަމަވެސް އަޅުގަނޑު އެކަންތައް ކުރާ މީހުންނާ ދޭތެރޭގައި އަޅަންޖެހެ ގާނޫނީ ފިޔަވަޅު އެޅުމަށްޓަކާ އެންމެ އިއްޗިއެއް ވެސް ފަހަތަކަށް ނުޖެހޭނަން،" އާޒިމް ވިދާޅުވިއެވެ.
އޭނާގެ މަސައްކަތްތައް ފާހަގަކުރައްވައި އާޒިމް ވިދާޅުވީ، ކާނު ސާފުކުރާ ވާހަކަ ވަރަށް ބާރަށް ދައްކަމުންދާއިރު، އެއީ އޭނާ ކުރާ ކަމެއް ކަމަށާއި، "ނުކުރާ ކަމެއްގެ ވާހަކަ ނުދެއްކޭނެ" ކަމަށެވެ. އޭނާ ވިދާޅުވީ "އާޒިމަކީ ކާނު ސާފުކުރާ މީހާ" ކަމަށެވެ. އެސްޓީއޯ އާއި އެމްޓީސީސީ ފަދަ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވިކަން ފާހަގަ ކުރައްވައި އާޒިމް ވިދާޅުވީ، އެ ކުންފުނިތައް ހިންގީ ގަވާއިދުން އުސޫލުތަކުގެ ތެރެއިން ކަމަށާއި، ކޮންމެ ތަނެއް ވެސް އޭނާ ހަވާލުވިއިރަށް ވުރެ ރަނގަޅު ތަނެއްގެ ގޮތުގައި ދޫކޮށްފައިވާނެ ކަމަށެވެ.
މާލޭގެ މޭޔަރު ކަމަށް މިދިޔަ އަހަރުގެ ޖެނުއަރީ މަހު ހަވާލުވެވަޑައިގެންނެވި އާޒިމް ވިދާޅުވީ، ކުޑަ ދައުރަކަށް އިންތިހާބުވެވަޑާއިގެންނެވި ނަމަވެސް، މާލެ ސިޓީ ކައުންސިލް ވެސް ރަނގަޅު ތަނަކަށް ހަދަން މަސައްކަތްކޮށް ނަތީޖާ ފެނިފައިވާނެ ކަމަށާއި، އޭނާގެ މި މަސައްކަތްތައް ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ދެމިގެންދާނެ ކަމުގެ އިޝާރާތް ދެއްވިއެވެ.
ހިންމަތާއި މިންނަތާ އެކީގައި މަސައްކަތް ކުރާނަމަ މާތްﷲ މަގު ދައްކަވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ. އެއީ ފޮތުގައި ގޮތް ކަމަށާއި އަޅުގަނޑުމެންނަކީ ފޮތުގެ އަހުލުވެރިން ކަމަށެވެ.
ރައްޔިތުންގެ ކަންކަން ބެލުމަށް މައިދާނަށް ދާންޖެހޭ އެހެން ނޫނީ އެއްކަމެއް ވެސް ނުވާނެ ކަމަށް އާޒިމް މިރޭ ވިދާޅުވިއެވެ.
ގެސްޓުހައުސްގައި މަރުވި ބިދޭސީ މީހާގެ ހަށިގަނޑުން 818 ގްރާމުގެ ޑުރަގް
ޕެޑުގެ އަގު ކޮންޓްރޯލް ކުރަން ޖެހޭ: ރޮޒައިނާ
ނޫސްވެރިކަމުގެ މިނިވަންކަން އޮތީ "ތަންމިނަށް" ހުޅުވާލެވިފައި: ރައީސް
ކައުންސިލް އިންތިހާބު އޮންނާނީ އެޕްރީލް 4ގައި
ޑުރަގުގެ ބޮޑުންނަށް މިނިސްޓަރު އިހުސާންގެ އިންޒާރެއް!