އަދުގެ ސަރުކާރަކީ ނޫސްވެރިންނަށް ފުރުސަތު ފަހިކޮށްދެއްވާ ސަރުކާރެއް ކަމަށާ، ނޫސްވެރިކަމުގެ މިނިވަންކަން މި ރާއްޖޭގައި އޮތީ "ތަންމިނަށް" ހުޅުވާލެވިފައި ކަމަށް ރައީސަ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މާލޭ ސިޓީގެ މާފަންނު އަވަށުގެ ރައްޔިތުންނާއެކު ރޭ ތާޖުއްދީން ސްކޫލުގައި ކުރިއަށްގެންދެވި މަޝްވަރާ ބައްދަލުކުރެއްވުމުގައި މާފަންނުގައި ދިރިއުޅޭ ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އެއްވެސް މީހެއްގެ އަބުރު ކަތިލުމުގެ ފުރުސަތެއް އެމަނިކުފާނުގެ ސަރުކާރުން ނުދެއްވާނެ ކަމަށެވެ.
ރައްޔިތުންގެ ގާތަށް ވަޑައިގެން ބާއްވާ ބައްދަލުވުންތައް ކުރިއަށް ގެންދަވަނީވެސް ހުރިހާ ވާހަކަތަކެއް ހިއްސާކުރެއްވުމުގެ ފުރުސަތު ރައްޔިތުންނަށް ފަހިކޮށްދެއްވުމުގެ ގޮތުން ކަމަށާއި ހިޔާލު ތަފާތު ބޭފުޅަކު އެއްޗެއް ވިދާޅުވެދާނެ ކަމަކަށް ކަންބޮޑުވެވަޑައިނުގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި އެފަދަ ކަންކަމަށް މަރުހަބާ ވިދާޅުވާކަމުގައި ފާހަގަކުރައްވަމުން ރައީސް ވަނީ، ރައްޔިތުން ބޭނުންވެ ވަޑައިގަންނަވާ ކަންކަން ހިއްސާކުރައްވަމުން ގެންދެވުމަށް އެދިވަޑައިގެންފައެވެ. ކޮންމެ ރައްޔިތަކީވެސް އެމަނިކުފާނަށް ހަމަހަމަ ރައްޔިތެއް ކަމަށާއި، ކޮންމެ ރައްޔިތަކާ މެދުވެސް ސަރުކާރުން އަމަލުކުރައްވާނީ އަދުލުވެރިކަމާއި، ހަމަހަމަކަމާއެކުގައިކަން ރައީސަ ފާހަގަކުރެއްވިއެވެ.
ރައީސް މުއިއްޒު ވިދާޅުވީ، ނޫސްވެރިކަމަކީ، އެހެން ދާއިރާތައް ފަދައިން ނުހަނު ޒިންމާދާރުކަމާއެކީ ކުރަންޖެހޭ ކަމެއް ކަމަށެވެ. ހަބަރު ފެތުރުމުގައި ދެ ފަރާތްވެސް ހަމަހަމަކޮށް، ހަގީގަތް ގެނެސްދެވެންޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އެގޮތުން އެބައެއްގެ އެޑިޓޯރިއަލް ޕޮލިސީއަކީ ސަރުކާރާ ދެކޮޅު ސިޔާސަތެއް ކަމުގައި އިއުތިރާފުވެވޭ ހިސާބުން، އެބަޔަކަށް ވަކި ފަރާތަކަށް ބުރަވެވުނީ ކަމަށާއި، އެއީ ނޫސްވެރިކަމުގެ ބަދަލުގައި ސިޔާސީ ހަރަކާތެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ނޫސްވެރިކަމުގެ އިމުގެ ތެރެއިން އެއްވެސް ބަޔަކު ވިދާޅުވާން ބޭނުންފުޅުވާ ވާހަކައަކަށް އެމަނިކުފާނުގެ ސަރުކާރުން ހުރަހެއް ކުރިމަތިނުކުރައްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
އެހެން ނަމަވެސް އިސްލާމް ދީނުގެ ހުދޫދުން ބޭރުވެ، ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާ ހިލާފުވާފަދަ މޭރުމަކުން އެ ފުރުސަތު ދެވެން ނޯންނާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ