ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް، އަހްމަދު މަހްލޫފް މިއަދު ޢައްޔަންކުރައްވައިފިއެވެ.މަހްލޫފް ސަފީރުކަމަށް އައްޔަންކުރެއްވީ، އެކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ޔޫތު މިނިސްޓަރުގެ މަގާމު ފުރުއްވި މަހްލޫފަށް ޖަޕާނުގައި ހުންނަ ސަފީރުކަން ދެއްވާފައި މިވަނީ، ވެރިކަން ކުރާ ޕީއެންސީ އަށް ސޮއިކުރިތާ މަހެއްވެސް ނުވަނީހެވެ.
މަހްލޫފް ޕީއެންސީ އަށް ސޮއިކުރެއްވީ މިދިޔަ މަހުގެ 14ވަނަ ދުވަހުގެ ރޭ ޕީއެންސީން ބޭއްވި ބޮޑު އެއްވުމުގައެވެ.
މަހްލޫފު އެމްޑީޕީން ވަކިވެވަޑައިގަތީ މިދިޔަ ސެޕްޓެމްބަރު މަހުގެ 8ވަނަ ދުވަހުއެވެ.
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލަށް މަހްލޫފް ފޮނުއްވި ސިޓީއެއްގައި ވަނީ އެމްޑީޕީން އޭނާ ވަކިވުމަށް އެދިފައިވާތީ އެޕާޓީން ވަކިކޮށްދިިނުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.
އެމްޑީޕީ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕަށް މަހްލޫފު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އެމްޑީޕީން ވަކިވަނީ ދައުލަތުގެ މަގާމަކަށް ދިއުމުގެ ގޮތުން ކަމަށެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ