ހުސައިން ސަނީ އުމަރު، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރެވޭ ސަނީ އުމަރުގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ހައްޔަރުކުރި ސަނީ އުމަރުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރު ކޮށްފައިވާ ކަމަށެވެ.
އެ މައްސަލަ އެންމެ ފުރަތަމަ ފެންމަތިވީ ސޯޝަލް މީޑިއާގައެވެ. އެ މައުލޫމާތުތަކަށް ބަލާއިރު އޭނާ އެކަކަށް ވުރެ ގިނަ ކުދިންނަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކޮށްފައިވެއެވެ. އަދި މި ތުހުމަތުތައް ފެންމަތިވުމާ އެކު އޭނާ ރާއްޖެއިން ބޭރަށް ފިލާފައިވާ ކަމަށް ވެސް އަންނަނީ ބުނަމުންނެވެ.
ނަމަވެސް ސޯޝަލް މީޑިއާގައި ސަނީ އުމަރު ރާއްޖެ އައިސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކާރަކަށް އަރާ މަންޒަރު ފެންނަ ވީޑިއޯއެއް މީގެ ދެ ދުވަސް ކުރިން ދައުރުވިއެވެ. އެ ދުވަހު ފުލުހުން ބުނީ ސަނީ އުމަރު އެފްސީޕީ އަށް ހާޒިރުކޮށްފައިވާ ކަމަށެވެ.
ނަމަވެސް ފަހުން އަނެއްކާވެސް ސޯޝަލް މީޑިއާގައި ސަނީ އުމަރު ފުރަން ގޮސް ހުރި ފޮޓޯއެއް އާއްމުވެފައެވެ. އަދި އޭނާ ހުރީ ތޮތްޕަކާއެކު މޫނުގައި މާސްކެއް ވެސް އަޅައިގެންނެވެ. އެއާއެކު އޭނާ އަލުން ހައްޔަރުކުރިއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ