ހުސައިން ސަނީ އުމަރު، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރެވޭ ސަނީ އުމަރު ރޭ ހައްޔަރުކޮށް ދޫކޮށްލުމަށްފަހު އަނެއްކާ ވެސް ކޯޓު އަމުރެއް ހޯދައިގެން ހައްޔަރުކޮށްފިއެވެ.
އެ މައްސަލަ އެންމެ ފުރަތަމަ ފެންމަތިވީ ސޯޝަލް މީޑިއާގައެވެ. އެ މައުލޫމާތުތަކަށް ބަލާއިރު އޭނާ އެކަކަށް ވުރެ ގިނަ ކުދިންނަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކޮށްފައިވެއެވެ. އަދި މި ތުހުމަތުތައް ފެންމަތިވުމާ އެކު އޭނާ ރާއްޖެއިން ބޭރަށް ފިލާފައިވާ ކަމަށް ވެސް އަންނަނީ ބުނަމުންނެވެ.
ނަމަވެސް ސޯޝަލް މީޑިއާގައި އިއްޔެ ސަނީ އުމަރު ރާއްޖެ އައިސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކާރަކަށް އަރާ މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު އަންނަނީ ދައުރުވަމުންނެވެ. ފުލުހުން ބުނީ ސަނީ އުމަރު އެފްސީޕީ އަށް ހާޒިރުކޮށްފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއެވެ.
ނަމަވެސް ފަހުން އަނެއްކާވެސް ސޯޝަލް މީޑިއާގައި ސަނީ އުމަރު ފުރަން ގޮސް ހުރި ފޮޓޯއެއް އާއްމުވިއެވެ. އަދި އޭނާ ހުރީ ތޮތްޕަކާއެކު މޫނުގައި މާސްކެއް ވެސް އަޅައިގެންނެވެ. އެއާއެކު އޭނާ ރޭ ހައްޔަރުކުރިއެވެ.
ފުލުހުން މިރޭ ބުނީ ޖިނާއީ މައްސަލައެއްގެ ތުހުމަތުއޮއްވާ، އަދި ތަހުގީގަށް އެއްބާރުލުން ދޭނެކަމަށް ބުނުމަށްފަހު، ސަނީ އުމަރު ރާއްޖެއިން ފުރައިން ދާން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ދޫކޮށްލާފައިވާ ކަމަށެވެ.
އަދި ސަނީ އުމަރުގެ މައްޗަށް ތުހުމަތުކުރެވޭ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައާ ގުޅިގެން މިއަދު ކޯޓު އަމުރެއްގެ ދަށުން އަނެއްކާ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ