ހުސައިން ސަނީ އުމަރު، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ފުލުހުންގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޔުނިޓަށް ހާޒިރުކޮށްފިއެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން އިއްޔެ ބުނެފައިވާ ގޮތުގައި، ސަނީ އުމަރު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް އެ އިދާރާއަށް ވަނީ ހުށަހަޅާފައެވެ. އެ މައްސަލައާ ގުޅިގެން، ތަހުގީގުތައް ކުރިއަށް ގެންދާ ކަމަށް ފުލުހުން ހާމަކުރި ނަމަވެސް، އިތުރު މައުލޫމާތެއް އަދި ހިއްސާކޮށްފައެއް ނުވެއެވެ.
އެ މައްސަލަ އެންމެ ފުރަތަމަ ފެންމަތިވީ ސޯޝަލް މީޑިއާގައެވެ. އެ މައުލޫމާތުތަކަށް ބަލާއިރު އޭނާ އެކަކަށް ވުރެ ގިނަ ކުދިންނަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކޮށްފައިވެއެވެ. އަދި މި ތުހުމަތުތައް ފެންމަތިވުމާ އެކު އޭނާ ރާއްޖެއިން ބޭރަށް ފިލާފައިވާ ކަމަށް ވެސް އަންނަނީ ބުނަމުންނެވެ.
ނަމަވެސް ސޯޝަލް މީޑިއާގައި މިއަދު ސަނީ އުމަރު ރާއްޖެ އައިސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކާރަކަށް އަރާ މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު އަންނަނީ ދައުރުވަމުންނެވެ. ފުލުހުން ބުނީ ސަނީ އުމަރު އެފްސީޕީ އަށް ހާޒިރުކޮށްފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއެވެ.
ސަނީ އުމަރަކީ ހަލާލް ޓޫރިޒަމް ބްރޭންޑުގެ ދަށުން ހިންގާ ޓްރެވެލް އެޖެންސީއަކާއި ޓްރެވެލް ދާއިރާގެ މީޑިއާއެއް ހިންގާ ޕީއާރު ފާމް "ދަ ޓްރެވެލެ ގައިސް ޕްރައިވެޓް ލިމިޓެޑް"ގައި އިސްކޮށް އުޅުއްވާ ފަރާތެކެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ