ހުސައިން ސަނީ އުމަރު، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު، އެ ކުއްޖާގެ އާއިލާއިން ފުލުހުންނަށް ރަސްމީކޮށް ހުށަހަޅައިފިއެވެ.
ސަނީ އުމަރަކީ ހަލާލް ޓޫރިޒަމް ބްރޭންޑުގެ ދަށުން ހިންގާ ޓްރެވެލް އެޖެންސީއަކާއި ޓްރެވެލް ދާއިރާގެ މީޑިއާއެއް ހިންގާ ޕީއާރު ފާމް "ދަ ޓްރެވެލެ ގައިސް ޕްރައިވެޓް ލިމިޓެޑް"ގައި އިސްކޮށް އުޅުއްވާ ފަރާތެކެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ބައެއް މީޑިއާތަކަށް މިއަދު ބުނެފައިވާ ގޮތުގައި، ސަނީ އުމަރު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް އެ އިދާރާއަށް ވަނީ ހުށަހަޅާފައެވެ. އެ މައްސަލައާ ގުޅިގެން، ތަހުގީގުތައް ކުރިއަށް ގެންދާ ކަމަށް ފުލުހުން ހާމަކުރި ނަމަވެސް، އިތުރު މައުލޫމާތެއް އަދި ހިއްސާކޮށްފައެއް ނުވެއެވެ.
މި މައްސަލަ ރަސްމީކޮށް ރިޕޯޓްކުރުމުގެ ކުރިން ވެސް، ސަނީ އުމަރާ ގުޅުންހުރި ޖިންސީ ގޯނާގެ ތުހުމަތުތަކެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށް އިއްޔެ ވަނީ ބުނެފައެވެ.
އެ މައްސަލަ އެންމެ ފުރަތަމަ ފެންމަތިވީ ސޯޝަލް މީޑިއާގައެވެ. އެ މައުލޫމާތުތަކަށް ބަލާއިރު އޭނާ އެކަކަށް ވުރެ ގިނަ ކުދިންނަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކޮށްފައިވެއެވެ. އަދި މި ތުހުމަތުތައް ފެންމަތިވުމާ އެކު އޭނާ ރާއްޖެއިން ބޭރަށް ފިލާފައިވާ ކަމަށް ވެސް އަންނަނީ ބުނަމުންނެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ