އެސްޓީއޯގެ މަޝްހޫރު ބްރޭންޑެއް ކަމުގައިވާ ހިޓާޗީގެ ޕާޓްނާޝިޕަށް 25 އަހަރު ފުރުމުގެ މުނާސަބާ ކުލަގަދަ ގޮތެއްގައި ފާހަގަ ކޮށްފިއެވެ.
އެ މުނާސަބާ ފާހަގަ ކުރުމަށްޓަކައި ރޭ ބާސެލޯ ނަސަންދުރަގައި ވަނީ ހާއްސަ ހަފްލާއެއް ބާއްވާފައެވެ.
ގަރުނަކަށް ވުރެ ގިނަ ދުވަސްވީ ހިޓާޗީ ކުންފުންޔަކީ ފެށުނީއްސުރެ ދުނިޔޭގެ ބާޒަރުގައި ނަން ވިދަމުން އަންނަ އިތުބާރު ހިފޭ ކުންފުންޏެކެވެ. އެ ކުންފުނީގެ އުފެއްދުންތައް ރާއްޖެއަށް ތައާރަފް ކުރެވުމާއިއެކު، ދިވެހީންގެ މެދުގައިވެސް އެ ބްރޭންޑުގެ އުފެއްދުންތައް ވަނީ ބޮޑު މަގުބޫލުކަމާއި އިތުބާރެއް ހޯދާ، އަދި މިއަދާއި ހަމައަށްވެސް އެ އިތުބާރު ދަމަހައްޓާފައެވެ.
އެގޮތުން ހިޓާޗީ އޭސީތަކާއި އައިސް އަލަމާރިތައް ފަދަ ޕްރޮޑަކްޓްތަކަކީ ގިނަބަޔެއްގެ ގެތަކުން މިހާރުވެސް ޖާގަ ހޯދަމުން އަންނަ އުފެއްދުންތަކެކެވެ.
އެ ހަފްލާ އަކީ އެސްޓީއޯ އާއި ހިޓާޗީ އާ ދެމެދު އުފެދިފައިވާ 25 އަހަރުވީ ގާތް ގުޅުމުގެ އަލިގަދަ ރަމްޒެކެވެ.
އެ ހަފްލާގެ ޝަރަފްވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގެންނެވީ ޖަޕާނުން ރާއްޖެއަށް ކަނަޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯއެވެ. މީގެ އިތުރުން ހިޓާޗީ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އަދި ކުންފުނީގެ އިތުރު ބޭފުޅުން ވަނީ މި ޖަލްސާގައި ބައިވެރިވެ ވަޑައިގަންނަވާފައެވެ.
ހަމައެއާއެކު، އެސްޓީއޯގެ ޗެއާމަން އާމިރު މަންސޫރާއި އެސްޓީއޯގެ ބޯޑު މެމްބަރުންނާއި، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް އަދި މީގެ އިތުރުން އެސްޓީއޯގެ ކުރީގެ ބައެއް އިސް ބޭފުޅުންވެސް ވަނީ އެ ހަފްލާގައި ބައިވެރިވެ ވަޑައިގަންނަވާފައެވެ.
އެ ހަފްލާގައި ހިޓާޗީ އާއި އެސްޓީއޯ އާއި ދެމެދު އުފެދިފައިވާ ގާތް ގުޅުން ފާހަގަކޮށްފައިވެއެވެ. އަދި މީގެ އިތުރުން ހިޓާޗީ ބްރޭންޑާއިއެކު، ރާއްޖޭގެ ބާޒާރަށް އައިސްފައިވާ ހެޔޮ ބަދަލުތަކާއި އާއްމުންގެ ދިރިއުޅުމަށް އައިސްފައިވާ ލުއިފަސޭހަތައް އަދި ކުރިއަށް ރޭވިފައިވާ ކަންކަމަށް ވަނީ އަލިއަޅުވާލާފައެވެ.
އެ ހަފްލާގައި ރާއްޖޭގައި ވިއްކާ ހިޓާޗީ ބްރޭންޑްގެ އުފެއްދުންތަކުގެ ތެރެއިން ހޮވާލެވިފައިވާ ޕްރޮޑަކްޓްތައް ވަނީ ޑިސްޕްލޭ ކުރެވިފައެވެ.
މީގެ އިތުރުން، ހިޓާޗީ އާއި އެސްޓީއޯގެ 25 އަހަރުވީ ޕާޓްނާޝިޕްގައި އެންމެ ގިނައިން ހިޓާޗީ ޕްރޮޑަކްޓްތައް ބައްލަވައި ގެންނެވި ހަތަރު ކަސްޓަމަރެއް އަގުވަޒަންކޮށް ވަނީ އެވޯޑް ދެވިފައެވެ.
އަދި އެންމެ ހާއްސަ ކަމެއްގެ ގޮތުން، އެ ހަފްލާގައި ހިޓާޗީން އަލަށް ތައާރަފް ކުރެވުނު 'ހިޓާޗީ ނިއު އެއާ' ރޭންޖްގެ ޕްރޮޑަކްޓްތައް ލޯންޗު ކުރެވިގެން ދިޔައެވެ
ހުކުމް ތަންފީޒު ކުރަމުންދިޔަ ދެ ގައިދީއަކު އިއްޔެ ނިޔާވެއްޖެ
ފެބްރުއަރީ 1ވަނަ ދުވަހު އެކަނިވެސް 10،000އަށްވުރެ ގިނަ ފަތުރުވެރިން
އިންޑިއާގެ މުދަލުން ނަގާ ޓެރިފް 18 ޕަސެންޓަށް ކުޑަކުރަނީ
ފިޔޯރީގައި ދަޅުމަސް ބަންދުކުރާ ކާރުހާނާގެ ބިން ހިއްކަން ފަށައިފި
3 އިންތިހާބާއެކު މުޅި ދައުލަތް އޮންނަނީ "އިންތިހާބީ ހުމެއްގައި"