އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 64 ބިލިއަން ރުފިޔާގެ ބަޖެޓު މިއަދު ފާސްކޮށްފިއެވެ.
ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި ބަޖެޓު ފާސްކުރީ 74 މެންބަރުންގެ ވޯޓުންނެވެ. ބަޖެޓު ފާސް ކުރުމާއި ދެކޮޅަށް 12 މެންބަރުން ވޯޓު ދިނެވެ.
ބަޖެޓު ފާސްކުރިއިރު އަންނަ އަހަރު ބައެއް އިދާރާތަކަށް ކަނޑައަޅާފައިވާ ބަޖެޓު އިތުރު ކޮށްދިނުމަށް އެދިފައިވެއެވެ. އެކަމަކު އެއްވެސް އިދާރާއަކަށް ބަޖެޓު އިތުރު ކޮށްދީފައެއް ނުވެއެވެ.
ބަޖެޓު އިތުރުކޮށްދީފައި ނުވަނީ ފިނޭންސް މިނިސްޓްރީގެ އެންގުމަށެވެ. ފިނޭންސުން އެގޮތަށް އެންގީ އަންނަ އަހަރަކީ ހަރަދު ބޮޑު އަހަރަކަށް ވާނެތީއެވެ. އިދާރާތަކަށް ދަތިވާ ދަތިވުން ފިނޭންސް މިނިސްޓްރީގެ ހާއްސަ ބަޖެޓުން ހަމަޖައްސަން ފިނޭންސުން ވަނީ އަންގައިފައެވެ.
މިއީ މިއަހަރު ފާސްކޮށްފައިވާ ބަޖެޓަށްވުރެ 8 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. ފިނޭންސުން ބުނީ މީގެ ތެރެއިން ހަރަދުގެ ގޮތުގައި ހިނގާނީ، 49.2 ބިލިޔަން ރުފިޔާ ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ، ރިކަރަންޓް ހަރަދުގެ ގޮތުގައި 39.9 ބިލިޔަން ރުފިޔާ ކަމަށާއި އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި 9.3 ބިލިޔަން ރުފިޔާ ކަމަށެވެ.
އަންނަ އަހަރުގެ ބަޖެޓުގައި އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެ ކަމަށް ލަފާ ކޮށްފައި ވަނީ، 40.4 ބިލިޔަން ރުފިޔާ ކަމަށް ރައްޔިތުންގެ މަޖިލީހަށް ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ބަޖެޓު ހުށަހަޅުއްވަމުން މިދިޔަ މަހުގެ 30ވަނަ ދުވަހު ވިދާޅުވިއެވެ.
އަންނަ އަހަރުގައި ބަޖެޓުގައި ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމަށް ބޮޑު އަދަދެއް ވަނީ ހިމަނާފައެވެ. ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމަށް އަންނަ އަހަރުގެ ބަޖެޓުގައި 9.3 ބިލިޔަން ރުފިޔާ ހިމަނާފައިވެއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ