މާލެ ސިޓީ ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ މައުލޫމާތު ފުރަތަމަ ފަހަރަށް އާއްމުކޮށްފިއެވެ.
ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި މިއަދު ބުނެފައި ވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 40 ވަނަ މާއްދާގެ 12ގައި ކައުންސިލުން ކުއްޔަށްދީފައިވާ ތަންތަނާއި އެހެނިހެން ބިންތަކުގެ ދަފުތަރު އެކުލަވާލައި އެ ދަފުތަރު ބެލެހެއްޓުމަކީ ކައުންސިލުން ކުރަންޖެހޭ ކަމެއްކަމުގައި ބަޔާންކޮށްފައިވާ ކަމަށެވެ.
އެގޮތުން މާލެ ސިޓީ ކައުންސިލުން ކުއްޔަށް ދީފައިވާ ތަންތަނާއި އެހެނިހެން ބިންތައް ހިމެނޭހެން އެކުލަވާލައިފައިވާ ލިސްޓްތައް އާއްމުކޮށް އެންގުމަށްޓަކައި އިއުލާން ކޮށްފައިވާ ކަމަށެވެ.
ސިޓީ ކައުންސިލުން ބުނީ އެ ލިސްޓާއި ގުޅިގެން އެއްވެސް މައުލޫމާގެއް ސާފުކުރެއްވުމަށް ނުވަތަ ޝަކުވާއެއްވާ އޮތް ނަމަ [email protected] އަށް 20 ޑިސެންބަރު 2025 ވަނަ ދުވަހުގެ 14:00 ގެ ކުރިން މެއިލްކުރުމަށް އެދޭ ކަމަށެވެ.
އެ ލިސްޓުގައިވާ ގޮތުން މާލެ ސިޓީން ޖުމްލަ 157 ބިމެއް ވަނީ ކުއްޔަށް ދީފައިވެއެވެ. ކައުންސިލުން ވަނީ އެ 157 ތަނުގެ ސައިޒު ވެސް އާއްމުކޮށްފައެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ