އައިވީއެފް ފަރުވާއަށް އެހީތެރިވުމަށް ސަރުކާރުން ގާއިމްކޮށްފައިވާ "ފާޓިލިޓީ ކެއާ ފަންޑު" އިން މި އަހަރު ދޫކުރާ އެހީތެރިކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ހުޅުވާލައިފިއެވެ.
އެންސްޕާ އިން ހާމަކުރި ގޮތުގައި، މި ފަހަރު ހުޅުވާލެވުނު ފުރުސަތުގައި އެހީ ދެވޭނީ އެންމެ މަތީ ޕޮއިންޓް ލިބޭ 50 ދެމަފިރިއަކަށެވެ. އެހީއަށް އެދި ހުށަހެޅުމުގެ މުއްދަތު އަންނަ މަހުގެ 20 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާއިރު، ފޯމު ހުށަހެޅޭނީ ހަމައެކަނި "ވަން ގަވް ޕޯޓަލް" މެދުވެރިކޮށް އޮންލައިންކޮށެވެ.
އައިވީއެފް އަދި އައިޔޫއައި ފަދަ ފަރުވާއަށް ފާޓިލިޓީ ފަންޑުން އެހީތެރިވުމުގެ އުސޫލު ބުނާ ގޮތުން، އެހީއަށް އެދި ހުށަހެޅޭނީ ކައިވެންޏަށް މަދުވެގެން ތިން އަހަރު ފުރިފައިވާ، އަދި ދަރިމައިވުމަށް ހުރަސްއަޅާ ގުދުރަތީ ސަބަބެއް މެދުވެރިވެފައިވާ ފަރާތްތަކަށެވެ.
މީގެ އިތުރުން، ދަރިމައިވުމަށް ކުރެވުނު އެހެން ފަރުވާތައް ނާކާމިޔާބުވެ، އައިވީއެފް ނުވަތަ އައިޔޫއައި އަކީ އެ ފަރާތަށް އެންމެ އެކަށީގެންވާ ފަރުވާ ކަމަށް ސްޕެޝަލިސްޓުން ލަފާދީފައިވުން ވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.
ފާޓިލިޓީ ކެއާ ޓްރަސްޓް ފަންޑުން އައިވީއެފް ފަރުވާއަށް އެކަނިވެސް މިދިޔަ އަހަރު 4.78 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ. އަދި މި އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ޖުމްލަ 93 ފަރާތެއްގެ ފަރުވާއަށް 7.13 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. އެންސްޕާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، އެ ފަރާތްތަކުގެ ތެރެއިން 23 ފަރާތެއްގެ އައިވީއެފް ފަރުވާ ވަނީ ކާމިޔާބުވެފައެވެ.
ދަނާލުގައި މަރުވި ކުއްޖާގެ މައުލޫމާތު ހާމަކުރީ ކަންބޮޑުވުންތަކާއި ހެދި
އާދަމް ޝަރީފާއި ތޯރިގް އަދި ދިޔާނާއަށް އެމްބަސެޑާ އެޓް ލާޖުގެ މަގާމަށް
މާލޭ ސަރަހައްދުގައި މެންޓަލް ހެލްތު ހޮސްޕިޓަލެއް އަޅަނީ
ޗެއާޕާސަން އިންތިހާބުގައި އެމްޑީޕީ ޕީޖީގެ ތާއީދު މީކާއީލަށް
"ބޮޑު ބަދަލާ"އެކު 2028 ގެއްލުމުގެ ފުރުސަތު ބޮޑު: ޝަމްހީދު
ގޮނޑި ގެއްލޭ އިސްލާހުގެ ހުކުމް ބުދަ ދުވަހު