އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓު، ކޮމެޓީން ފާސްކޮށްފިއެވެ.
މިއަދު ބޭއްވި ބަޖެޓު ކޮމެޓީގެ ބައްދަލުވުމުގައި ސަރުކާރުން މިދިޔަ މަހުގެ 30ވަނަ ދުވަހު މަޖިލީހަށް ހުށަހެޅި ބަޖެޓު ކޮމެޓީން ފާސްކުރީ 10 މެންބަރުންގެ ވޯޓުންނެވެ. އެކަމާއި ދެކޮޅަށް ހަތް މެންބަރުން ވޯޓު ދީފައިވެއެވެ.
އަންނަ އަހަރުގެ ބަޖެޓު ކޮމެޓީން ފާސްކުރިއިރު އަންނަ އަހަރު ބައެއް އިދާރާތަކަށް ކަނޑައަޅާފައިވާ ބަޖެޓު އިތުރު ކޮށްދިނުމަށް އެދިފައިވެއެވެ. އެކަމަކު އެއްވެސް އިދާރާއަކަށް ބަޖެޓު އިތުރު ކޮށްދީފައެއް ނުވެއެވެ.
ބަޖެޓު އިތުރުކޮށްދީފައި ނުވަނީ ފިނޭންސް މިނިސްޓްރީގެ އެންގުމަށެވެ. ފިނޭންސުން އެގޮތަށް އެންގީ އަންނަ އަހަރަކީ ހަރަދު ބޮޑު އަހަރަކަށް ވާނެތީއެވެ. އިދާރާތަކަށް ދަތިވާ ދަތިވުން ފިނޭންސް މިނިސްޓްރީގެ ހާއްސަ ބަޖެޓުން ހަމަޖައްސަން ފިނޭންސުން ވަނީ އަންގައިފައެވެ.
މިއީ މިއަހަރު ފާސްކޮށްފައިވާ ބަޖެޓަށްވުރެ 8 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. ފިނޭންސުން ބުނީ މީގެ ތެރެއިން ހަރަދުގެ ގޮތުގައި ހިނގާނީ، 49.2 ބިލިޔަން ރުފިޔާ ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ، ރިކަރަންޓް ހަރަދުގެ ގޮތުގައި 39.9 ބިލިޔަން ރުފިޔާ ކަމަށާއި އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި 9.3 ބިލިޔަން ރުފިޔާ ކަމަށެވެ.
އަންނަ އަހަރުގެ ބަޖެޓުގައި އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެ ކަމަށް ލަފާ ކޮށްފައި ވަނީ، 40.4 ބިލިޔަން ރުފިޔާ ކަމަށް ރައްޔިތުންގެ މަޖިލީހަށް ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ބަޖެޓު ހުށަހަޅުއްވަމުން މިދިޔަ މަހުގެ 30ވަނަ ދުވަހު ވިދާޅުވިއެވެ.
އަންނަ އަހަރުގައި ބަޖެޓުގައި ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމަށް ބޮޑު އަދަދެއް ވަނީ ހިމަނާފައެވެ. ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމަށް އަންނަ އަހަރުގެ ބަޖެޓުގައި 9.3 ބިލިޔަން ރުފިޔާ ހިމަނާފައިވެއެވެ.
ރައްޔިތުންގެ މަޖިލީހަށް ބަޖެޓު ހުށަހަޅުއްވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ މިއަހަރުގެ ބަޖެޓަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ވާރުތަވި ބޮޑެތި ދަރަނިތަކުން ދިވެހިން ސަލާމަތްކޮށް، ވިސްނުންތެރި ސިޔާސަތުތަކެއްގެ ދަށުން މުސްތަގްބަލުގެ ޖީލުތަކަށް ބުރަ ބޮޑު ނުވާނެހެން، ރައީސުލްޖުމްހޫރިއްޔާގެ ތަރައްގީގެ ތަސައްވަރު ކުލަކޮށްދޭނެ ބިންގަލެއް ކަމަށެވެ.
މީގެއިތުރުން އަންނަ އަހަރުގެ ބަޖެޓަކީ ރައްޔިތުންގެ އާންމު ދިރިއުޅުމާ ގުޅިފައިވާ ސިއްހަތު، ތައުލީމު އަދި ހަކަތަ ފަދަ މުހިންމު އަސާސީ ހިދުމަތްތަކަށް ދެމެހެއްޓެނިވި ހައްލުތަކެއް ގެނެސްދޭނެ ފަދަ ގޮތަކަށް ފަރުމާކޮށްފައިވާ ބަޖެޓެއް ކަމަށާއި ގައުމީ ތަރައްގީގެ މުހިންމު ލަނޑުދަނޑިތަކަށް ހަގީގީ ކުލަވަރު ގެނުވާނެ ފަދަ ބަޖެޓެ ކަމަށް ވެސް ޒަމީރު ވިދާޅުވިއެވެ.
މަޖިލީހަށް އިންތިހާބު ވަނީ އަމިއްލަ މަސްލަހަތެއް އިސްކުރާކަށް ނޫން
ހައި ކޯޓު ވަގުތީ ގޮތުން ހިންގުން ފަނޑިޔާރު ޖަމީލަށް
64.2 ބިލިއަން ރުފިޔާގެ ބަޖެޓު ކޮމެޓީން ފާސްކޮފި
"އަތުކުރިއޮޅާލަމާ" އަކީ ލޭ ހަދިޔާކުރަން ހިތްވަރު ދޭ ކެމްޕެއިނެއް
އަބްދުއްރަހުމާން މަރާލި މީހުންނަށް މަރުގެ ދައުވާކޮށްފި
ކުޑަ ދެ ކުއްޖަކާއި ބެހުނު މައްސަލައެއް ފުލުހުން ބަލަނީ