މިދިޔަ ޖުލައި މަހުގެ ތެރޭގައި އއ. މާޅޮހުގައި އަނިޔާވެރިކޮށް މަރާލި އއ.މާޅޮސް، އޯކިޑްމާގެ، އަބްދުއްރަހްމާން އާދަމްގެ މަރުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ތިބި ތިން މީހުންގެ މައްޗަށް ދައުވާކުރަން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.
އެ މައްސަލާގައި ހައްޔަރު ކޮށްފައިވާ ތިން މީހުންނަކީ މާޅޮހަށް ނިސްބަތްވާ މީހުންނެވެ. އެއީ އުމުރުން 27 އަހަރުގެ އަހުމަދު އާޝިދާއި އުމުރުން 22 އަހަރުގެ މުހައްމަދު ވިޝާމްގެ އިތުރުތުން އުމުރުން 27 އަހަރުގެ އަހްމަދު ފާރިސެވެ.
ޕީޖީ އޮފީހުން މިއަދު ބުނީ އާޝިދުގެ މައްޗަށް ކުރަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ކަމަށެވެ.
ވިސާމާއި ފާރިޝްގެ މައްޗަށް ކުރަނީ ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުުން މަނާކުރުމުގެ ގާނޫނުގެ ދަށުން ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިކަމުގެ ކުށުގެ ދައުވާ ކަމަށް ޕީޖީން ބުންޏެވެ.
އޭނާ ނިޔާވީ މިދިޔަ ޖުލައި މަހުގެ 12ވަނަ ދުވަހުގެ ރޭ ދަންވަރުއެވެ. ޖެހިގެން އައި ދުވަހު އޭނާގެ ހަށިގަނޑު އިތުރު ތަހުލީލުތައް ކުރުމަށާއި އޮޓޮޕްސީ ހެދުމަށް މާލެ އަށް ގެނައެވެ.
ސްޓެލްކޯއިން ޕީއެންސީއަށް މީހުން ވައްދާކަން ފަޅާއަރައިފި
އެމްޑީޕީން ހުށަހެޅި ހިރިމަރަދޫ މައްސަލަ އެޗްއާރްސީއެމް އިން ބަލަނީ
ވަޒީފާ ދިނުމުގެ ކުރިން އެލްޖީއޭގެ ހުއްދަ ހޯދަން ލާޒިމުކޮށްފި
މުޒާހަރާތަކާ ގުޅިގެން ހައްޔަރު ކުރި މައިމޫން ވިލިމާލެ ޖަލަށް
ޑޮލަރުގެ ބަދަލުގައި ރުފިޔާ އިން މުސާރަ ދޭ ގޮތަށް ބަދަލު ގެންނަނީ
ވިޒިޓް މޯލްޑިވްސް އެމްޑީގެ މަގާމުން ޝިއުރީ އިސްތިއުފާ ދީފި