އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓަށް ބަހުސް ކުރުން ނިންމާލައިފިއެވެ.
އަންނަ އަހަރުގެ ބަޖެޓަށް ބަހުސް ކުރަން ހުޅުވާލި ފުރުސަތުގައި ޖުމްލަ 60 މެންބަރުން ބަހުސް ކުރެއްވި ކަމަށް މަޖިލީހުގެ ރިޔާސަތުން އިއުލާން ކުރެއްވިއެވެ.
މި ބަޖެޓާ މެދު ބަހުސް ކުރުމަށްޓަކައި، މަޖިލީހުގެ އާންމު ކޮމިޓީން ވަނީ ކޮންމެ މެންބަރަކަށް 15 މިނެޓުގެ ވަގުތެއް ދިނުމަށް ނިންމާފައެވެ. މީގެ އިތުރުން، ވަޒީރާ ސުވާލުކުރުމަށް ޖުމްލަ 45 މިނެޓުގެ ވަގުތެއް ކަނޑައެޅުއްވިއެވެ. އަދި ބަޖެޓް ދިރާސާކުރާ ކޮމިޓީގެ ރިޕޯޓަށް ބަހުސް ކުރެއްވުމަށް ކޮންމެ މެންބަރަކަށް 7 މިނެޓުގެ ވަގުތެއް ދިނުމަށް ވެސް ވަނީ ފާސްކުރެވިފައެވެ.
މިއީ މިއަހަރު ފާސްކޮށްފައިވާ ބަޖެޓަށްވުރެ 8 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. ފިނޭންސުން ބުނީ މީގެ ތެރެއިން ހަރަދުގެ ގޮތުގައި ހިނގާނީ، 49.2 ބިލިޔަން ރުފިޔާ ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ، ރިކަރަންޓް ހަރަދުގެ ގޮތުގައި 39.9 ބިލިޔަން ރުފިޔާ ކަމަށާއި އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި 9.3 ބިލިޔަން ރުފިޔާ ކަމަށެވެ.
އަންނަ އަހަރުގެ ބަޖެޓުގައި އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެ ކަމަށް ލަފާ ކޮށްފައި ވަނީ، 40.4 ބިލިޔަން ރުފިޔާ ކަމަށް ރައްޔިތުންގެ މަޖިލީހަށް ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ބަޖެޓު ހުށަހަޅުއްވަމުން މިދިޔަ މަހުގެ 30ވަނަ ދުވަހު ވިދާޅުވިއެވެ.
އަންނަ އަހަރުގައި ބަޖެޓުގައި ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމަށް ބޮޑު އަދަދެއް ވަނީ ހިމަނާފައެވެ. ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމަށް އަންނަ އަހަރުގެ ބަޖެޓުގައި 9.3 ބިލިޔަން ރުފިޔާ ހިމަނާފައިވެއެވެ.
ރައްޔިތުންގެ މަޖިލީހަށް ބަޖެޓު ހުށަހަޅުއްވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ މިއަހަރުގެ ބަޖެޓަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ވާރުތަވި ބޮޑެތި ދަރަނިތަކުން ދިވެހިން ސަލާމަތްކޮށް، ވިސްނުންތެރި ސިޔާސަތުތަކެއްގެ ދަށުން މުސްތަގްބަލުގެ ޖީލުތަކަށް ބުރަ ބޮޑު ނުވާނެހެން، ރައީސުލްޖުމްހޫރިއްޔާގެ ތަރައްގީގެ ތަސައްވަރު ކުލަކޮށްދޭނެ ބިންގަލެއް ކަމަށެވެ.
މީގެއިތުރުން އަންނަ އަހަރުގެ ބަޖެޓަކީ ރައްޔިތުންގެ އާންމު ދިރިއުޅުމާ ގުޅިފައިވާ ސިއްހަތު، ތައުލީމު އަދި ހަކަތަ ފަދަ މުހިންމު އަސާސީ ހިދުމަތްތަކަށް ދެމެހެއްޓެނިވި ހައްލުތަކެއް ގެނެސްދޭނެ ފަދަ ގޮތަކަށް ފަރުމާކޮށްފައިވާ ބަޖެޓެއް ކަމަށާއި ގައުމީ ތަރައްގީގެ މުހިންމު ލަނޑުދަނޑިތަކަށް ހަގީގީ ކުލަވަރު ގެނުވާނެ ފަދަ ބަޖެޓެ ކަމަށް ވެސް ޒަމީރު ވިދާޅުވިއެވެ.
"އިންޓަގްރިޓީއާ މެދު ސުވާލު އުފެދޭ ކަމެއް މިތާ އިނދެގެން ނުކުރާނަން"
ދިވެހި ދެ އުމްރާވެރިޔަކު ނިޔާވެއްޖެ
ކިލޯއަކަށްވުރެ ގިނަ ޑުރަގާއެކު މާލޭން ދެ މީހަކު ހައްޔަރުކޮށްފި
އިންޑިއާ ހައި ކޮމިޝަނުން އިސް ނަގައިގެން އައިޓެކް ދުވަސް ފާހަގަކޮށްފި
ބޭރުގެ ބަޔަކަށް ވިޔަފާރި ބަނދަރު ދޭން އުޅޭ ވާހަކަ ޒަމީރު ދޮގުކޮށްފި