ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ދެ ޤައުމުގެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރުމަކީ އަބަދުވެސް އުފާވެރިކަމެއް ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މިއަދު ހާމަކުރައްވައިފި އެވެ.
މިގޮތުން، އދ.ގެ އާންމު މަޖިލީހުގެ 80 ވަނަ ބައްދަލުވުމުގެ ތެރެއިން ފޮރިން މިނިސްޓަރު ހަލީލް އާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިޔަމް ޖައިޝަންކަރު ވަނީ ބައްދަލުކުރައްވައި މަޝްވަރާ ބަދަލުކުރައްވައިފަ އެވެ. މި ބައްދަލުވުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޖައިޝަންކަރު ވިދާޅުވީ، ފޮރިން މިނިސްޓަރު ހަލީލްއާ ބައްދަލުވުމަކީ ލިބިވަޑައިގެންނެވި ހިތްހަމަޖެހުމެއް ކަމަށާއި، ރާއްޖޭގެ ތަރައްގީ އަށް އިންޑިއާ އިން ދެމުންގެންދާ އެހީތެރިކަން ކުރިއަށް އޮތްތަނުގައި ވެސް ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
ދެ މިނިސްޓަރުން އެކުގައި ނަންގަވާފައިވާ ފޮޓޯއަކާ އެކު، ޖައިޝަންކަރު ވަނީ އެކްސް (ކުރީގެ ޓްވިޓާ) ގައި ޕޯސްޓެއް ޝާއިޢުކުރައްވައިފަ އެވެ. މި ޕޯސްޓަށް ރީ-ޕޯސްޓު ކުރައްވަމުން މިނިސްޓަރު ހަލީލް ވިދާޅުވީ، އދ.ގެ އާންމު މަޖިލީހުގެ ހަވާސާގައި ޖައިޝަންކަރާ ބައްދަލުވެ މަޝްވަރާ ކުރުމުގެ ފުރުސަތު ލިބުމަކީ ވަރަށް ރަނގަޅު ކަމެއް ކަމަށެވެ. ހަލީލް އިތުރަށް ވިދާޅުވީ، ދެ ޤައުމުގެ ގުޅުމާއި ގުޅިގެން މަސައްކަތް ކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަކީ އަބަދުވެސް މުހިއްމު ކަމެއް ކަމަށެވެ.
އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ބަދަހި ކުރާނަން: ރައީސް
ކައުންސިލްތަކުގެ އަތުން ބިން ނަގާ އިސްލާހާ ދެކޮޅަށް ސޮއި ހަމަވެއްޖެ
ކާރިސާތަކުގައި އެހީވުމަށް އިންޑިއާއިން ދައްކުވައިދޭ ނަމޫނާ!
ދޯނި އަޑިއަށް ދިޔަ ފުންމިނުގައި އަސްކަރީ ސަބްމެރިންވެސް ދަތުރުނުކުރާނެ
އެމްޑީޕީގެ ރައީސްކަމުން ޝާހިދު އިސްތިއުފާ ދެއްވައިފި
ރައީސާ ބައްދަކުރަން ބޭނުންވާ ފަރާތްތަކުގެ ބައްދަލުވުންތައް ފަށައިފި