ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އެކުލަވާލާފައިވާ އަސްކަރީ އެއްބަސްވުންތަކުގެ މާއްދާތައް އާންމުކުރެވެން ނެތްކަމަށް ދިފާއީ ވުޒާރާ (ޑިފެންސް މިނިސްޓްރީ) އިން ބުނެފިއެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން މިދުއަމް ސައުދު ހުށަހެޅި ފޯމަށް ޖަވާބު ދެމުން މިނިސްޓްރީން ހާމަކުރި ގޮތުގައި، ކުރީގެ ސަރުކާރުގެ ދައުރުގައި (2018-2023) ދިފާއީ ދާއިރާއިން ވެފައިވާ އެއްބަސްވުންތަކުގައި އެ އެއްބަސްވުންތައް ހާމަކުރުން މަނާކުރާ 'ކޮންފިޑެންޝާލިޓީ ކްލޯޒް'އެއް ހިމެނިފައިވެއެވެ.
މިނިސްޓްރީން އިތުރަށް ބުނީ ދިފާއީ އެއްބަސްވުންތައް އައުކުރުމަށް ކުރެވޭ މަޝްވަރާތަކަކީ ވެސް ދެ ގައުމުގެ މެދުގައި ސިއްރު މައުލޫމާތުގެ ގޮތުގައި ބަދަލުކުރެވިފައިވާ ކަންތައްތައް ކަމަށްވާތީ، މިފަދަ އެއްބަސްވުންތަކުގެ މައުލޫމާތު އާންމުކުރެވޭނީ ދެ ގައުމުގެ ރުހުން ލިބިގެންކަމަށެވެ.
މީގެ އިތުރުން، އެދިފައިވާ މައުލޫމާތަކީ ގައުމީ ސަލާމަތާ ގުޅުންހުރި މައުލޫމާތު ކަމުގައިވާތީ، މައުލޫމާތު ލިބިގަތުމުގެ ގާނޫނަށް ބެލި ނަމަވެސް، އެ މައުލޫމާތު ހާމަނުކުރެވޭނެ ކަމަށް ވެސް ޑިފެންސް މިނިސްޓްރީން ފާހަގަކުރިއެވެ.
ޑިފެންސް މިނިސްޓްރީގެ މި ޖަވާބާ ގުޅިގެން މިދުއަމް ސައުދު ސޯޝަލް މީޑިއާގައި ޕޯސްޓުކުރައްވަމުން ވިދާޅުވީ، އިންޑިއާގެ އަސްކަރިއްޔާ ރާއްޖޭގައި ތިބުމާ ދެކޮޅަށް އަޑުއުފުލައިގެން ވެރިކަމަށް އައި ފަރާތަކުން ސިއްރުން އެ އެއްބަސްވުންތައް ދިގުދައްމާލަނީ ހާދަ ހަރާންކޯރު ވީމާ ކަމަށެވެ. "އެކަމަކު ކީއްކުރާނީއޯއެވެ. ޕީއެންސީގެ ގިނަ މެންބަރުންނަށް މިއަދު އެއްޗެއް ބުނާކަށް ނުކެރޭނެއެވެ. އެމްޑީޕީ ސަރުކާރުގައި އެމީހުންނަށް ގައްދާރުންނަށް ގޮވި ޕީއެންސީގެ ގިނަ މީހުން މިއަދު ތިބީ ހަމަ އެ ހާލުގައެވެ. މަގާމާއި މުސާރައަށްޓަކައި ގައުމު ވިއްކާލަން ތައްޔާރުވެގެން ތިބި ބަޔަކު."
މިހާރުގެ ސަރުކާރު ވެރިކަމަށް އައީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކޫރުގައި އިންޑިއާއާ އެކު ގައުމީ ސަލާމަތާއި ސިޔާދަތަށް ނުރައްކާވާ ގޮތަށް އަސްކަރީ އެއްބަސްވުންތައް ހަދާފައިވާ ކަމަށް ތުހުމަތުކޮށް، އެ އެއްބަސްވުންތައް ހާމަކުރާނެ ކަމުގެ ވައުދުތަކާ އެކުގައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ