ފުވައްމުލަކުގެ ސަޕްލައި ފެނަށް ދިމާވެފައިވާ މައްސަލަ އާއި ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.
އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމްއެވެ. ނަމަވެސް އެ މައްސަލަ ބޭރުކޮށްލީ ހަގީގަތެއް އެ މައްސަލާގައި އެކުނުލެވޭތީއެވެ.
ކުޑޫ ހުށަހެޅުއްވި މައްސަލާގައި ފުޑް އެންޑް ޑްރަގު އޮތޯރިޓީން ފުވައްމުލަކު ފެން ރައްކާތެރިކަމަށް މިހާރު ބުނަމުން އައި ނަމަވެސް އެ ފެނެއްގެ ކުލައާ ވަހުން ފެނުގައި މައްސަލަ ހުންނަކަން ރައްޔިތުންނަށް ވެސް އެނގޭނެ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން ފެނުގެ ރައްކާތެރިކަން ފުރިހަމައަށް ކަށަވަރުވަންދެން އާންމު ބޭނުންތަކަށް ފެން ދޫނުކުރަން ފުވައްމުލަކު ސިޓީ ކައުންސިލުން އެދިފައިވާ ކަމަށް ވެސް ކުޑޫ ހުށަހެޅުއްވި ކުއްލި މައްސަލާގައި ވިދާޅުވިއެވެ.
ނަމަވެސް މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ ފުވައްމުލަކުގައި ދޫކުރާ ފެނަކީ ޑަބްލިޔުއެޗްއޯގެ ބޯފެނުގެ މިންގަނޑަށް ފެތޭ ފެނެއް ކަމަށް އެމްއެފްޑީއޭ އިން ހުކުރު ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ކަމަށާއި އެހެންކަމުން ކުޑޫ ހުށަހެޅުއްވީ ހަގީގަތެއް އެކަމުގައި އެކުލެވިގެން ނުވާ މައްސަލަ އަކަށް ވާތީ ކުއްލި މައްސަލައެއްގެ ޝަރުތު ހަމަނުވާ ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ