ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ޔޫތު މިނިސްޓަރުގެ މަގާމު ފުރުއްވި އަހްމަދު މަހްލޫފު ވެރިކަން ކުރާ ޕީއެންސީއާ ގުޅިއްޖެއެވެ.
މަހްލޫފު ޕީއެންސީއާ ގުޅިވަޑައިގަތީ ރޭ އެޕާޓީން އާޓްފިޝަލް ބީޗުގައި ބޭއްވި ބޮޑު އެއްވުމުގައެވެ. އޭނާ ޕީއެންސީއާ ގުޅުނު ފޯމާ ހަވާލުވެވަޑައިގަތީ ޕީއެންސީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
މަހްލޫފު އެމްޑީޕީން ވަކިވެވަޑައިގަތީ މިދިޔަ ސެޕްޓެމްބަރު މަހުގެ 8ވަނަ ދުވަހުއެވެ.
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލަށް މަހްލޫފް ފޮނުއްވި ސިޓީއެއްގައި ވަނީ އެމްޑީޕީން އޭނާ ވަކިވުމަށް އެދިފައިވާތީ އެޕާޓީން ވަކިކޮށްދިިނުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.
އެމްޑީޕީ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕަށް މަހްލޫފު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އެމްޑީޕީން ވަކިވަނީ ދައުލަތުގެ މަގާމަކަށް ދިއުމުގެ ގޮތުން ކަމަށެވެ.
އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރާއްޖެއަށް ގެނެސްދެއްވި ތަރައްގީގައި ބައިވެރިވުމުން އެކަމަށް އޭނާ ވަނީ ޝުކުރު އަދާ ކުރައްވައިފައެވެ.
އުރީދޫގެ ހިދުމަތްތަކަށް ބުރޫ އަރައިފި
ކުރީގެ ރައީސުން މުޒާހަރާ ކުރަން ނިކުންނައިރު ސެކިއުރިޓީ ކަނޑާލަނީ
މަޝްރޫއު އަވަސްކުރަން ޚާއްސަ ޔުނިޓު އުފެއްދުމަކީ ސަރުކާރު ފެއިލްވުން
ސިނގިރޭޓުގެ އަގު ހެޔޮކުރާ ބިލު މުޅި މަޖިލީހުގެ ކޮމެޓީން ފާސްކޮށްފި
މަޝްރޫއުތައް ނިންމަން މިނިސްޓްރީތަކުގައި ހާއްސަ ޔުނިޓެއް
އިންޑަސް ކޭޗްމަންޓް ސަރަޙައްދުގެ ފެނުގެ ބަހުސް އަލުން ވަޒަންކުރުން