ނުފޫޒުތަކުގައި ނުޖެހި މުޅި ދައުލަތް އެއްކޮށް މަސައްކަތް ކޮށްފިއްޔާ ރާއްޖޭން ޑުރަގުގެ ވަބާ ފުހެލާނަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އާޓްފިޝަލް ބީޗުގައި މިރޭ އެތައް ހާސް ސަޕޯޓަރުންނާއެކު ޕީއެންސީން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވަނީ، ރާއްޖޭގެ ތާރީހުގައި ވެސް މިހާތަނަށް ފެށި ޑުރަގުގެ އެންމެ ބޮޑު އޮޮޕަރޭޝަން އިއްޔެ ފަށާފައިވާ ކަމަށް ވިދާޅުވެފައެވެ.
ރައީސް ފާހަގަކުރެއްވީ އެ އޮޕަރޭޝަންގައި ހައްޔަރުކުރި މީހުންނަށް އަދުލުވެރިކަމާއެކު ޝަރީއަތް ހިންގޭނެ ކަމަށް ވިދާޅުވެފައެވެ. އަދި ވިދާޅުވީ އެއްވެސް ނުފޫޒެއްގައި ނުޖެހި މުޅި ދައުލަތް މަސައްކަތް ކޮށްފިއްޔާ ރާއްޖޭން ޑްރަގު ވަބާ މި ސަރުކާރުޖް ފޮހެލާނެ ކަމަށް ވިދާޅުވެފައެވެ.
"މިއީ ނުހުއްޓާނެ އޮޕަރޭޝަނެއް. އަޅުގަނޑުމެން އުއްމީދު ކުރަނީ އަދި ޔަގީން ކުރަނީ އެ މީހުންގެ ކަންކަން ބެލުމުގައި އަޅުގަނޑު ހަމަ ކުރިން ދެންނެވި އަދުލުވެރި އިންސާފުވެރިކަމާ އެކީގައި ކުރިއަށް ދާނެއޭ،" ރައީސް ވިދާޅުވިއެވެ.
މަސްތުވާތަކެތީގެ ގާނޫނަށް ސަރުކާރުން އިސްލާހުތަކެއް ހުށަހަޅަން ތައްޔާރުވަމުން އަންނަކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެ އިސްލާހު އިސްލާހު ފާސްވެގެން އައުމާ އެކު ޑްރަގު އެތެރެކޮށް އޭގެ ވިޔަފާރިކުރާ މީހުންނަށް އިސްލާމުދީނުގައި އޮންނަ އެންމެ ހަރުކަށި އަބަދު ދެވޭނެ ކަމަށެވެ.
ހަގީގީ މާނާގައި ޒުވާނުން ބާރުވެރި ކުރެވޭނީ މަސްތުވާތަކެތީގެ ވަބާއިން ގައުމު ސަލާމަތް ކޮށްގެން ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ