ސަރުކާރު ޕާޓީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީ (ޕީއެންސީ) ގެ ބޮޑު ޖަލްސާ އަށް ކުޑަތަންވެފައި ވަނިކޮށް ކުރީގެ ރައީސް ޔާމީން ސޯޝަލް މީޑިއާގައި ސުވާލެއް ކުރިމަތި ކުރުއްވައިފިއެވެ.
އާއްމުކޮށް އެކްސްގައި މާގިނަ ޕޯސްޓުތަކެއް ކޮށް ނޫޅުއްވާ ޔާމީން މިއަދު ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވައިފައެވެ.
ޔާމީން ވަނީ މިއަދު ގައުމު އޮތް ހާލަތަކީ ތިމާއަށް ގައުމު ކޮށްދޭނެ ކަމެއް ނުބަލައި ތިމާ ގައުމަށް ކޮށްދޭނީ ކޮން ކަމެއްތޯ ބަލަންވީ ދުވަސް ނޫންތޯ ސުވާލު ކުރައްވައިފައެވެ.
ޔާމީން މިފަދައިން ވިދާޅުވީ ސީދާ ކޮން ކަމަކާއި ގުޅުވައިގެން ކަމެއް ނޭނގެއެވެ. އެކަމަކު ޕީއެންސީން މިރޭ މާލޭގައި ބާއްވާ ޖަލްސާ އަށް ގިނަ އަދަދެއްގެ މީހުން ރަށްރަށުން މާލެއަށް ވަނީ އައިސްފައެވެ.
މި ޖަލްސާ އަށް ސަރުކާރުން ގިނަ އަދަދެއްގެ ފައިސާ ހަރަދު ކުރަމުން އަންނަ ކަމަށް ވެސް ބައެއް އިދިކޮޅު ފަރާތްތަކުން ވަނީ ތުހުމަތުކޮށްފައެވެ.
އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ބަދަހި ކުރާނަން: ރައީސް
ކައުންސިލްތަކުގެ އަތުން ބިން ނަގާ އިސްލާހާ ދެކޮޅަށް ސޮއި ހަމަވެއްޖެ
ކާރިސާތަކުގައި އެހީވުމަށް އިންޑިއާއިން ދައްކުވައިދޭ ނަމޫނާ!
ދޯނި އަޑިއަށް ދިޔަ ފުންމިނުގައި އަސްކަރީ ސަބްމެރިންވެސް ދަތުރުނުކުރާނެ
އެމްޑީޕީގެ ރައީސްކަމުން ޝާހިދު އިސްތިއުފާ ދެއްވައިފި
ރައީސާ ބައްދަކުރަން ބޭނުންވާ ފަރާތްތަކުގެ ބައްދަލުވުންތައް ފަށައިފި