ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ދިނުމަށް ހަވާލުކޮށްފައިވާ ސަރުކާރުގެ ކުންފުނިތަކުން، އަސާސީ ހިދުމަތް ދިނުމުގެ ބަދަލުގައި މަސައްކަތް ކުރަނީ ސަރުކާރު ޕާޓީ، ޕީއެންސީ ޕްރޮމޯޓު ކުރުމުގެ މަސައްކަތް ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފިއެވެ.
ފުވައްމުލަކަށް ދިމާވެފައިވާ ފެނުގެ މައްސަލަ އާއި ގުޅިގެން އެމްޑީޕީން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ، ސާފު ފެން ލިބުމަކީ އަސާސީ އިންސާނީ ހައްގަކަށް ވީ ހިނދު، ރަށުގެ ފެނުގެ މައްސަލަ ޖެހެމުންދާކަން ރައްޔިތުންނާއި ސިޓީ ކައުންސިލުން ތަކުރާރުކޮށް ފާހަގަކުރަމުން ދިޔަނަމަވެސް، މިފަދަ ހައްސާސް މައްސަލައަކަށް ދޭން ޖެހޭ ސަމާލުކަން ސަރުކާރުގެ ކަމާއި ގުޅުންހުރި އިދާރާތަކާއި ފެނުގެ ޚިދުމަތް ފޯރުކޮށްދޭން ހަވާލުކޮށްފައިވާ ފެނަކަ ކޯޕަރޭޝަނުން ދީފައި ނުވާކަމީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
"ސަރުކާރުގެ އަމަލުތަކުން ފެންނަނީ އަސާސީ ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށް ކުރަން ޖެހޭ ހަރަދުތައް ކުރުމުގެ ބަދަލުގައި، އެހިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތަކުގެ ބަޖެޓުން ސަރުކާރު ހިންގާ ޕާޓީ ޕްރޮމޯޓްކުރުމުގެ ހަރަކާތްތައް ކުރިއަށްގެންދާ ތަނެވެ،" ބަޔާނުގައިވެއެވެ.
އެމްޑީޕީން ބުނީ އެކަމުގެ ސަބަބުން ރައްޔިތުން ތަހައްމަލުކުރަން ޖެހޭ ދަތިތަކަކީ ކުރިއާލާ އެކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުނު ނަމަ ތަހައްމަލު ނުކޮށް ވާނެ ދަތިތަކެއް ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.
ފެނުގެ ހިދުމަތް ހުއްޓި، އަސާސީ އެތައް ކަމަކުން ފުވައްމުލަކުން ސިޓީގެ ރައްޔިތުން މަހްރޫމުވެފައި ތިބި ދަނޑިވަޅެއްގައި ފެނުގެ ހިދުމަތް ވަކި ވަގުތެއްގައި ލިބޭނެ ކަމަށް ސަރުކާރުން ބުނެ، އެ ވަގުތައް ހިދުމަތް ނުލިބުމަކީ ސަރުކާރުގެ ނާގާބިލްކަން ހާމަވާ، އަދި އެކަމުގެ ސަބަބުން ރައްޔިތުންނަށް މިހާރުވެސް ދިމާވެފައިވާ ދަތިހާލު އިތުރަށް ބޮޑުވާ ކަމެއް ކަމަށް އެމްޑީޕީން ބުންޏެވެ.
އެޕާޓީގެ ބަޔާނުގައި ވީމާ ވީހާވެސް އަވަހަކަށް ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ސާފު ފެން ލިބޭނެ އިންތިޒާމު ހަމައްޖައްސައިދީ، ފެނުގެ ޚިދުމަތް މެދުނުކެނޑޭނެކަން ކަށަވަރުކުރުމަށް އަޅަން ޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށް ސަރުކާރަށް ވަނީ ގޮވާލައިފައެވެ.
ބިންވެރިޔާ އިން ލިބުނު ގޯތި ދޫކޮށްލުމުން ފްލެޓަށް އެދެވޭ ގޮތް ހަދަނީ
އިންޑިއާގެ ތެޔޮ ކުންފުނިތަކަށް ގެއްލުން ކުޑަކުރަން ޑިއުޓީ ކުޑަކޮށްފި
ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 116 ޑޮލަރަށް އަރައިފި
ރިސޯޓުތަކަށް ލިބޭ ދަތިތަކަށް ބީއެމްއެމްލް އިން އެހީވަނީ
ހުޅުމާލޭގައި ތަރައްގީކުރާ ޕާކިން ބިލްޑިންގެ މަސައްކަތް ފަށައިފި