ރައްޔިތުން ބޭނުންވާ ތަރައްގީގެ ކަންކަން ކާމިޔާބު ކަމާއެކީގައި ކުރިޔަށް ގެންގޮސް ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ކ. ކާށިދޫ ބިން ހިއްކުމުގެ މަޝްރޫއު ނިމުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ކޮންމެ ރަށެއްގެ ރައްޔިތުންނަކީވެސް އެމަނިކުފާނުގެ ކުރިފުޅުމަތީގައި، އަދި މި ސަރުކާރުގެ ކުރިމަތީގައި ހަމަހަމަ ރައްޔިތުންތަކެއް ކަމަށެވެ.
"އެ ރަށެއްގެ ރައްޔިތުންނަށް ކޮށްދޭން އޮތް ކަމެއްވިއްޔާ، ސަރުކާރުން މިގޮތުގައި ކުރިއަށް ގެންދާނަމޭ، ނިންމަމުންދާނަމޭ. ކަންކަން ފެށި، ނިމި، ސޮއިކުރެވި، އެ ކަންކަން ފެށި، އެހެންނޭ މިދަނީ. ކޮންމެ ރަށެއްގައިވެސް ފެނިވަޑައިގަންނަވާނެ، މިހާރު ކަންކަން ހިނގަމުންދާތަން، ނިމެމުންދާތަން، އާ މަޝްރޫޢުތައް ފެށޭ ތަން،" ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވިސްނުމަކީ، އަދި އެމަނިކުފާނުގެ ސިޔާސަތަކީ، ރައްޔިތުން ބޭނުންވާ ގޮތަށް ސަރުކާރު ކުރިޔަށް ގެންދިއުން ކަމަށެވެ. ރައްޔިތުންނަށް ފަހިނުވާ ގޮތެއް އެއީ، ސަރުކާރަށް މަސްލަހަތު އޮތްގޮތެއް ނޫން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
"މިއީ، ރައްޔިތުންގެ ސަރުކާރެއް. ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ކޮށްދޭނީ، ގާނޫނާއި ގަވާއިދުގެ ތެރެއިން. ދައުލަތަށް ގެއްލުންނުވާ ގޮތަކަށް، ގާނޫނާއި ގަވާއިދުގެ ތެރެއިން މި މައްސަލަ ނިމުމަކަށް ގެނެސް،" ރައީސް ވިދާޅުވިއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ