ތަނަވަސް މީހުންނަށް ސަރުކާރުގެ ފަރާތުން އާސަންދަ އާއި އެނޫންވެސް އިނާޔަތްތައް ލިބިގަންނަމުންދާތީ، އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް އެކަމާ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ސަލީމް މިކަންބޮޑުވުން ފާޅުކުރެއްވީ މިއަދުގެ މަޖިލިސް ޖަލްސާގައި، އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓަށް ބަހުސް ކުރައްވަމުންނެވެ.
ސަލީމް ވިދާޅުވީ ރާއްޖޭގައި އާސަންދަ އާއި އެންސްޕާގެ ހިދުމަތްތައް ލިބޭ މީހުންގެ ތެރޭގައި ތަނަވަސް މީހުންވެސް ހިމެނޭ ކަމަށެވެ. އަދި އުމުރުން 65 އަހަރުވުމުން ލިބޭ 5،000 ރުފިޔާ ވެސް، މަހުޖަނުންނާއި ބޮޑެތި ވިޔަފާރިވެރިން ވެސް ނަގަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"މި ރާއްޖޭގައި އާސަންދަ އާއި އެންސްޕާ ލިބޭ ކިތަންމެ ތަނަވަސް މީހަަކަށް ވިޔަސް. އަދި 65 އަހަރުވީމާ އެ ލިބޭ 5،000 ރުފިޔާ ވެސް، އެއީ މަހުޖަނަކަށް ވިޔަސް. ކިތަންމެ ބޮޑު ވިޔަފާރިވެރިއަކަށް ވިޔަސް، އެ 5،000 ރުފިޔާ ވެސް އެބަ ނަގާ،" ސަލީމް ވިދާޅުވިއެވެ.
މެންބަރު ސަލީމް ވަނީ ތަނަވަސް މީހުންނަށް މިފަދަ އިނާޔަތްތައް ދިނުމުގެ ސިޔާސަތާ މެދު ސުވާލު އުފައްދަވާފައެވެ. އޭނާ ވިދާޅުވީ ޒަކާތަކީ ތަނަވަސް މީހުން ދައްކަން ޖެހޭ އެއްޗެއް ކަމަށާއި، އެ ފައިސާ އަނބުރާ ދޭންވީ ވެސް ތަނަވަސް މީހުންނަށްތޯ ސުވާލު އުފައްދަވާފައެވެ. ސަލީމްގެ ވަނީ، ތަނަވަސް މީހުންގެ އަތުން ޒަކާތް ނެގުން މިހާރަށްވުރެ ފުޅާކުރަންޖެހޭ ކަމަށް ވިދާޅުވެފައެވެ.
އަދި ފަގީރުންނަށް އެ ފައިސާ ހަމައަށް ދެވޭނަމަ، ރާއްޖޭގައި ފަގީރުން ނުތިބޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އުރީދޫގެ ހިދުމަތްތަކަށް ބުރޫ އަރައިފި
ކުރީގެ ރައީސުން މުޒާހަރާ ކުރަން ނިކުންނައިރު ސެކިއުރިޓީ ކަނޑާލަނީ
މަޝްރޫއު އަވަސްކުރަން ޚާއްސަ ޔުނިޓު އުފެއްދުމަކީ ސަރުކާރު ފެއިލްވުން
ސިނގިރޭޓުގެ އަގު ހެޔޮކުރާ ބިލު މުޅި މަޖިލީހުގެ ކޮމެޓީން ފާސްކޮށްފި
މަޝްރޫއުތައް ނިންމަން މިނިސްޓްރީތަކުގައި ހާއްސަ ޔުނިޓެއް
އިންޑަސް ކޭޗްމަންޓް ސަރަޙައްދުގެ ފެނުގެ ބަހުސް އަލުން ވަޒަންކުރުން