އަލަށް ތަރައްގީކޮށް ރޭ ހުޅުވިގެންދިޔަ ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން ބޮޑުތިލަދުންމަތީގެ އިގްތިސޯދަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެން ދާނެ ކަމަށް މި އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ފެށިގެންދިޔައިރު ރާއްޖޭގެ ރައީސްކަމުގައި އޭރު ހުންނެވި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެއެވެ.
ހަނިމާދޫ އިންޓަނެޝަނަލް އެއާޕޯޓް އަލުން ތަރައްގީ ކުރުމަކީ އިންޑިއާގެ އެގްޒިމް ބޭންކްގެ ފަރާތުން ފޯރުކޮށްދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ސްކީމް ގެ ދަށުން ފައިނޭންސް ކުރުމަށް ހަމަޖެހިފައިވާ މަޝްރޫއުއެކެވެ.
އެ މަޝްރޫއުގެ ދަށުން އިމާރާތްކުރެވޭ ޓާމިނަލް އިމާރާތުގެ ޑިޒައިން ކޮންސެޕްޓް ބިނާވެފައިވަނީ ދިވެހި ކަނޑުތަކުގެ ދިރުންތަކުގެ މަށްޗަށް، ހާއްސަކޮށް މަޑި ސިފަވާނެހެންނެވެ.
ރޭ ހަނިމާދޫގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައި އެ އެއާޕޯޓު ހުޅުވިގެންދިޔައިރު ރައީސް ސޯލިހް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ރަސްމީކޮށް ހުޅުވުމާއެކު ހަނިމާދޫ ރައްޔިތުންނަށާއި ބޮޑުތިލަދުންމަތީގެ ރައްޔިތުންނަށް ތަހުނިޔާ ދަންނަވާ ކަމަށެވެ.
އެ އެއާޕޯޓުގެ ސަބަބުން އެ ސަރަހައްދުގެ އިގްތިސާދީ ކުރިއެރުމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ހަނިމާދޫގައި އެއާޕޯޓެއް ތަރައްގީ ކުރުމުން އަދި ނުފުދޭ ކަމަށާއި ހަނިމާދޫ އެއާޕޯޓުގެ އިތުރުން ހަނިމާދޫގެ އިގްތިސާދީ މާހައުލު އިތުރަށް ހަރުދަނާކޮށް، ހާއްސަކޮށް ޓޫރިޒަމްގެ ކެޕޭސިޓީ އިތުރުކޮށް، އާ ވިޔަފާރިތަކަށް އެ ސަރަހައްދުގެ ކުރިއެރުންތައް އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ކަމަށް ސޯލިހް ވިދާޅުވިއެވެ.
"އަޅުގަނޑު އުންމީދު ކުރަނީ ސަރުކާރުން މިކަމުގައި ދެމިތިބޭނެ ކަމަށް. މި މަޝްރޫޢު ޙަޤީޤަތަކަށް ހެދުމަށް އިންޑިޔާ ސަރުކާރުން ވެދެއްވި އެއްބާރުލެއްވުމަށްޓަކައި ބޮޑުވަޒީރު މޯދީއަށާއި، ރައްޔިތުންނަށާއި، އިންޑިޔާ ސަރުކާރަށް ވަރަށް އިހްލާސްތެރިކަމާއެކު ޝުކުރު އަދާކުރަމެވެ،" ސޯލިހް ވިދާޅުވިއެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން އޭ320 އަދި ބޮއިން 737 މަރުކާގެ ފްލައިޓްތަކަށް ޚިދުމަތް ދެވޭނެއެވެ. އަދި އެއާޕޯޓްގައި އެއްފަހަރާ 9 ފްލައިޓް ޕާކުކޮށްފައި ބޭއްވޭނެ އޭޕްރަންއެއް ވަނީ ތަރައްގީކޮށްފައެވެ. އެގޮތުން މި އޭޕްރަންގައި އެއާބަސްގެ 3 ބޯޓާއި އޭޓީއާރްގެ 6 މަތިންދާ ބޯޓް އެއްފަހަރާ ޕާކުކުރެވޭނެއެވެ. 2.7 މީޓަރުގެ ދިގު ރަންވޭއަކާއި، އެއަރ ޓެރެފިކް ކޮންޓްރޯލް ޓަވަރަރާކާއެކު މުޅިން އައު ކާގޯ ޓާމިލަނެއް މިއެއަރޕޯޓުގެ ވަނީ ތަރައްގީކޮށްފައެވެ.
އެއްބައިވަންތަކަމަކީ ގައުމެއް ކުރިއަރައި ދިޔުމުގެ ބިންގާ: ރައީސް
ނުވަ މަސް ފަހުން ޝަންމާން ބަންދުން ދޫކޮށްލައިފި
އެމްޑީޕީ އެތެރޭގެ އިންތިޚާބުގައި ވަކި ކެންޑިޑޭޓަކަށް ތާއީދެއް ނުކުރަން
އެމްޑީޕީ ޕްރައިމަރީ އޮންނާނީ 25 ރަށާއި ހަތަރު ސިޓީއެއްގައި
ހިރިމަރަދޫ ކައުންސިލް އުވާލިކަމަށް ކަނޑައެޅީ ގާނޫނޫއަސާސީއާ ހިލާފަށް