އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ގޮތަކަށް ހދ. ހަނިމާދޫގައި ތަރައްގީ ކުރި އިންޓަނޭޝަނަލް އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގެ ކުރީ ސަފުން އެ ރަށު ކައުންސިލަރުންނަށް ފުރުސަތެއް ނުދިނެވެ.
ޒަމާނީ ޓާމިނަލަކާ އެކު ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ފެށީ ރައީސް އިބްރާޙިމް މުހައްމަދު ސާލިހު (އިބޫ)ގެ ވެރިކަމުގައި 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. ހަނިމާދޫ އެއާޕޯޓް ހުޅުވައިދެއްވީ އެ އެއާޕޯޓް ޓާމިނަލް ކުރިމަތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.
ހަނިމާދޫ ކައުންސިލް މެމްބަރު ފިރާޤް މުޙައްމަދު "ހަތާވީސް" އަށް ވިދާޅުވީ އެ ރަސްމިއްޔާތަކަށް ވަޑައިގެންނެވީ ދައުވަތު ކާޑު ލިބިގެން، ފުރަންޖެހޭ ފޯމުތަކެއް ފުރައިގެން ކަމަށާއި ނަމަވެސް ކައުންސިލަރުން ތިބެންޖެހުނީ ޖަލްސާގެ އެންމެ ފަހަތުގައި ކަމަށެވެ.
ޖަލްސާގެ "ސިޓިން އެރެއިންޖުމަންޓު"ގައި އުޅުއްވި އަންހެން ބޭފުޅަކު ކައުންސިލްގެ ރައީސް އެންމެ ކުރިއަށް ގެންދެވި ކަމަށާއި ނަމަވެސް ރައީސް އިންނެވި ގޮނޑިއަކީ އެންމެ މީހެއްގެ ގޮނޑިއެއް ކަމަށް ބުނެ، ރައީސް ވެސް ޖަލްސާގެ ފަހަތަށް އަންނަންޖެހުނު ކަމަށެވެ.
"އެ ދުވަހު އެއާޕޯޓް މިގޮތަށް ވެސް ނޭޅިނަމަ، މިއަދު މި ސަރުކާރުން ހަމަ ގައިމު ވެސް މި އެއާޕޯޓް އަޅާކަށް ފައިސާއެއް ވެސް ފަންޑެއް ވެސް ނުލިބުނީސް،" ފިރާގު ވިދާޅުވިއެވެ.
ހަނިމާދޫ އެއާޕޯޓް ހުޅުވުމުގެ ގޮތުން ފުރަތަމަ ފަހަރަށް އެ އެއާޕޯޓަށް ވަނީ އޭ-320 މަރުކާގެ މޯލްޑިވިއަންގެ މަތިންދާ ބޯޓެއް ޖައްސާފައެވެ. އަދި އެެއަށްފަހު ހަވާވެސް ވަނީ އަރުވާފައެވެ. އެއާޕޯޓް ތަރައްގީކޮށްފައި ވަނީ 136 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ހަރަދުކޮށްގެންނެވެ.
ގެއްލުނު ފަތުރުވެރިން ހޯދަން ފީނި ސިފައިންގެ މީހަކު ނިޔާވެއްޖެ
އަޅުގަނޑުމެންގެ ވެރިކަންތަކުގައި ގޯސްކޮށް ކަންކަން ކުރެވިފައި ހުންނާނެ
ތާރީހީ މަޝްވަރާ ބައްދަލުވުމަށްފަހު ތިން ރައީސުންގެ އެއްބަސްވުމެއް!
ފަލާހުއާ ދެކޮޅަށް އައްބާސް އަބުރުގެ ދައުވާކުރަނީ
ކުރީގެ ތިން ރައީސުންގެ ބައްދަލުވުން މިއަދު
"އައިޝާ" ޑޮކިއުމަންޓްރީއާ ގުޅިގެން ނެރުނު އަމުރު އިސްތިއުނާފުކޮށްފި