"ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް"ގެ ތެޔޮ ބޯޓެއްގައި ވަގަށް ސިނގިރޭޓް ކާޓޫނުތަކެއް ރާއްޖެއަށް އެތެރެކޮށްފައިވާ މައްސަލައާ ގުޅިގެން މަގާމުން ވަކިކޮށްފައިވާ އެ މުއައްސަސާގެ ޑެޕިއުޓީ ކޮމިޝަނަރު މަހުމޫދު ރިޔާޒުގެ މަގާމު އަލުން އިޔާދަކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާ އެރުވުމަށް ރައްޔިތުންގެ މަޖިލިހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ނިންމައިފިއެވެ.
ރިޔާޒު އެ މަގާމުން ވަކިކުރެއްވިކަން އިއުލާން ކުރެއްވީ ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެގޮތަށް އޭރު އެމަނިކުފާނު ނިންމެވީ ވެސް 241 ކޮމެޓީގެ ލަފައަކާއި ގުޅިގެންނެވެ.
އެ ކޮމެޓީން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ ސިނގަރޭޓުތައް ވަގަށް ނެގުމުގައި ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރު ރިޔާޒުގެ ސީދާ ބައިވެރިވުމެއް އޮތް ކަމަށް ބެލެވެން ނެތް ކަމަށެވެ. ކޮމެޓީން އަލުން މިކަން ދިރާސާ ކޮށްފައި ވަނީ ރިޔާޒަށް ކުރި ތުހުމަތު އަލުން ބަލައި ދިނުމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅުމުންނެވެ.
ރިޔާޒަކީ ކަސްޓަމްސްގައި 33 އަހަރުވަންދެން މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އަދި އޭނާއާ ގުޅޭ ގޮތުން ކުރާ ތުހުމަތުތަކަށް އިންކާރު ކުރެއްވިއެވެ. ކަސްޓަމްސްގައި ހޭދަކުރެއްވި ދިގު މުއްދަތުގައި އެއްވެސް ގޯހެއްގައި ބައިވެރި ނުވާ ކަމަށް ރިޔާޒު ވިދާޅުވިއެވެ.
އޭނާ ވަނީ އެއްވެސް ގޯސް ކަމެއްގައި މިހާތަނަށް ބައިވެރި ނުވާ ކަމަށާއި އެފަދަ ކަމެއްގައި ކުރިޔަށް އޮތްތަނުގައި ވެސް ބައިވެރިނުވާނެ ކަމަށް މާތް ރަސްކަލާނގެ ގަންދީ ހުވާ ކުރައްވައިފައެވެ.
ގެއްލުނު ފަތުރުވެރިން ހޯދަން ފީނި ސިފައިންގެ މީހަކު ނިޔާވެއްޖެ
އަޅުގަނޑުމެންގެ ވެރިކަންތަކުގައި ގޯސްކޮށް ކަންކަން ކުރެވިފައި ހުންނާނެ
ތާރީހީ މަޝްވަރާ ބައްދަލުވުމަށްފަހު ތިން ރައީސުންގެ އެއްބަސްވުމެއް!
ފަލާހުއާ ދެކޮޅަށް އައްބާސް އަބުރުގެ ދައުވާކުރަނީ
ކުރީގެ ތިން ރައީސުންގެ ބައްދަލުވުން މިއަދު
"އައިޝާ" ޑޮކިއުމަންޓްރީއާ ގުޅިގެން ނެރުނު އަމުރު އިސްތިއުނާފުކޮށްފި