މާލެއިން މުދާ ބަރުކޮށްގެން ގދ. ފަރެސްމާތޮޑާ އަށް ދަތުރުކުރި ބޯޓެއް ވ. ފެލިދޫ ކައިރީ އޮންނަ ފަރަކަށް އަރައިފިއެވެ.
ފުލުހުން މިއަދު ބުނީ އެ ހާދިސާ ހިނގާފައިވާކަމުގެ ރިޕޯޓު އިއްޔެ ފަތިހު 5:01 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށާއި "ފަހިރޯޅި" ނަމަކަށް ކިޔާ އެ ބޯޓުގެ މައްޔާ ފަޅައިގެންގޮސް ދިޔަވެ ބޯޓުގެ ބޮޑު ބައެއް އަޑިއަށް ގޮސްފައިވާ ކަމަށެވެ.
ބޯޓް ފަރަށް އެރި އިރު އޭގައި 12 މީހުން ތިބި ކަމަށް ފުލުހުން ބުންޏެވެ. އޭގެތެރޭގައި ބޯޓުގެ ވެރިފަރާތް ވެސް ހިމެނެއެވެ.
އެ މީހުން ފުލުހުންގެ އެހީތެރިކަމާއެކު ފެލިދުއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ