މާލެ ސިޓީ ކައުންސިލްގެ މޭޔަރުކަމުގެ އެމްޑީޕީގެ ޓިކެޓު ހޯދުމަށް އެޕާޓީގެ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވާފައިވާކަން، މާލޭގެ މިހާރުގެ ވެސް މޭޔަރު އާދަމް އާޒިމް އިއުލާން ކުރައްވައިފިއެވެ.
ސޯޝަލް މީޑިއާގައި އާޒިމް ކުރެއްވި ޕޯސްޓެއްގައި ރޭ ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބު 2026ގައި އެމްޑީޕީ ތަމްސީލުކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި, މާލެ ސިޓީ ކައުންސިލުގެ މޭޔަރުކަމަށް ވާދަކުރަން ނިންމަވާފައިވާ ކަމަށެވެ.
އާޒިމް ވަނީ އެމްޑީޕީގެ މާލެ ސިޓީއަށް ނިސްބަތްވާ މެމްބަރުންގެ މަޝްވަރާ އާއި ހިޔާލާއެކު ކަންކަން ރާވާ ތަރުތީބު ކުރުމަށް، މިދިޔަ އަންގާރަ ދުވަހުގރ ރޭ ބޭއްވިގެން ދިޔައީ ވަރަށް ކާމިޔާބު، އަދި އުއްމީދީ ބައްދަލުވުމެއް ކަމަށް ވިދާޅުވެފައެވެ.
"ރަންރީނދޫ ލަޝްކަރު ތިބީ އެކުގައި ގަދަކޮށް. އަޅުގަނޑުމެން އެންމެންގެ ބައިވެރިވުމާއި އެހީތެރިކަމާއެކު، މާލެ ސިޓީ ފެންނަނީ ފަހި، ފެހި، ތަނަވަސް ޗާލުކޮށް،" އާޒިމް ވިދާޅުވިއެވެ.
މާލޭގެ މޭޔަރަކު ހޮވުމަށް މިދިޔަ އަހަރު ބޭއްވި ބައި އިލެކްޝަނުގައި ހަތަރު ކެންޑިޑޭޓުންނާއި ވާދަކުރައްވަވާ އާޒިމް އޭރު ކާމިޔާބު ހޯއްދެވީ 7،621 ވޯޓުންނެވެ.
އާޒިމް އަކީ މޭޔަރުކަމަށް ވަޑައިގަތުމުގެ ކުރިން ސަރުކާރުގެ ބޮޑެތި ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުކަން ކުރައްވަވާފައިވާ ބޭފުޅެކެވެ. އެގޮތުން އޭނާ ވަނީ އެސްޓީއޯ އާއި އެމްޑަބްލިއުއެސްސީ އަދި އެމްޓީސީސީގައި މަސައްކަތް ކުރައްވަވައިފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ