އައްޑޫ ސިޓީއަށް ވެވަޑައިގެންނެވި ބޮޑު ތިން ވައުދު ފުރިހަމަ ވެގެންދާއިރު ވަޒީފާގެ ގިނަ ފުރުސަތުތަކެއް ފަހިވެގެން ދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީއަށް ވަޑައިގެން ރޭ އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ކިތަންމެ ދަތި ހާލެއްގައި ނަމަވެސް މާލެއަށް ދިރިއުޅުން ބަދަލުކުރައްވާ އެއް ސަބަބަކީ ވަޒީފާ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ، ކުރިއަށް އޮތް ދުވަސްތަކުގައި އައްޑޫ ސިޓީން ވަޒީފާގެ ގިނަ ފުރުސަތުތަކެއް ހަމަޖެހިގެންދާނެކަމުގެ އުންމީދީ ހަބަރު އައްޑޫގައި ބޭއްވި ޖަލްސާގައި ހިއްސާކުރައްވާފައެވެ.
ވަކީން ހާއްސަކޮށް، ފަތުރުވެރިކަމުގެ ދާއިރާއިން ކުރިއަށް ގެންދަވާން ހަމަޖެހުނު މަޝްރޫއުތަކާއި ގުޅިގެން، ދާދި އަވަހަށް ވަޒީފާތައް އުފެދި، އައްޑޫ ސިޓީގެ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުތައް ތަނަވަސްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވަނީ، އަހަރުތަކެއް ވަންދެން ކުރިއެރުމެއް ނުލިބި ހުއްޓިފައި އޮތް ޝަންގްރިއްލާ ރިސޯޓް، މިއަހަރުގެ ފަހުކޮޅު ހުޅުވޭނެކަމުގެ ޔަގީންކަން ލިބިވަޑައިގެންފައިވާކަން ހާމަކުރައްވާފައެވެ.
ހަމަ މިފަދައިން ހަންކެޑެ މަޝްރޫއުގައި ހުރި ހުރަސްތައްވެސް ނައްތާލެވި، 1000 އެނދުގެ އިންޓަގްރޭޓަޑް ޓުއަރިޒަމް މަޝްރޫއުއެއް މާލަހެއް ނުވެ ފެށޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އަދި، އެމަނިކުފާނުގެ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނިގެން ކުރިއަށްގެންދަވާ އައްސޭރި ޓުއަރިޒަމް މަޝްރޫއުގެ ތެރެއިންވެސް ވަޒީފާގެ ފުރުސަތުތައް އިތުރުވެގެންދާނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ