މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އެއާކޯގެ ފުރަތަމަ އެއާ ސްޓޭޝަން "ގަން އެއާ ސްޓޭޝަން" ގާއިމްކޮށް، އެތަނުގެ ހިދުމަތްތައް އިފްތިތާހްކޮށްފިއެވެ.
އެއާކޯ ސްޓޭޝަންގެ ހިދުމަތްތައް އިފްތިތާހް ކޮށްދެއްވީ އެކަމަށްޓަކައި އައްޑޫ ސިޓީ ގަމުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
އެމްއެންޑީއެފް އެއާކޯގެ ފުރަތަމަ އެއާ ސްޓޭޝަން އިފުތިތާހުކޮށްދެއްވުމުގެ ރަސްމިއްޔާތަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ވަޑައިގެންނެވުމުން އެ މަނިކުފާނަށް އިހުތިރާމް އަދާކުރުމުގެ ގޮތުން ދިވެހި ސިފައިން ވަނީ ރިޔާސީ ކުރުނީހެއް އަރުވާފައެވެ.
އެމްއެންޑީއެފް އެއަކޯގެ ފުރަތަމަ އެއާ ސްޓޭޝަން ގާއިމްކުރުމަކީ، ރައީސް މުއިއްޒު ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތީ ބާރު ދަމަހައްޓަވައި ނެގެހެއްޓެވުމަށް ގެންގުޅުއްވާ ތަސައްވުރުގައި ހާސިލުކުރެވޭ މުހިންމު އެއް ލަނޑުދަނޑިއެއް ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
މި އެއާ ސްޓޭޝަންގައި 400 މީޓަރުގެ ޓެކްސީވޭއަކާއި، 100 މީޓަރުގެ އެޕްރަނަކާއި، އެންމެ ޒަމާނީ ޓެކްނިކަލް ވަސީލަތްތަކާ އެކު ހަދާފައިވާ ހެނގަރެއްގެ އިތުރުން ސިފައިން ތިބުމަށް އެކަމަޑޭޝަން ގާއިމުކުރެވިފައިވެއެވެ.
އެމްއެންޑީއެފް އެއާކޯގެ ޓީބީ-2 އެއާކްރާފްޓްތައް އުދުހުމަށް ހާއްސަ ވެފައިވާ އެއާ ސްކޮޑްރަން-2 ގެ މި އެއަރ ސްޓޭޝަން ފަރުމާކުރެވިފައިވަނީ، ކުރިމަގުގައި ދިވެހި އަސްކަރިއްޔާގެ ވައިގެބާރު ފުޅާވަމުންދާ ވަރަކަށް، ތަރައްގީ ކުރެވޭ ގޮތަށް ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ.
އެ ރަސްމިއްޔާތަށް ފަހު، ގަން އެއާ ސްޓޭޝަންގެ އޮޕަރޭޝަން ރޫމާއި، ސިމިއުލޭޓަރ ރޫމް، ރައީސުލްޖުމްހޫރިއްޔާ ވަނީ ބައްލަވާލައްވާފައެވެ.
ގެއްލުނު ފަތުރުވެރިން ހޯދަން ފީނި ސިފައިންގެ މީހަކު ނިޔާވެއްޖެ
އަޅުގަނޑުމެންގެ ވެރިކަންތަކުގައި ގޯސްކޮށް ކަންކަން ކުރެވިފައި ހުންނާނެ
ތާރީހީ މަޝްވަރާ ބައްދަލުވުމަށްފަހު ތިން ރައީސުންގެ އެއްބަސްވުމެއް!
ފަލާހުއާ ދެކޮޅަށް އައްބާސް އަބުރުގެ ދައުވާކުރަނީ
ކުރީގެ ތިން ރައީސުންގެ ބައްދަލުވުން މިއަދު
"އައިޝާ" ޑޮކިއުމަންޓްރީއާ ގުޅިގެން ނެރުނު އަމުރު އިސްތިއުނާފުކޮށްފި