ގައުމަށްޓަކައި ގުރުބާން ވެވޭނީ ހަމައެކަނި ޔުނިފޯމް އަޅައިގެން ތިބޭ ބަޔަކަށް އެކަނި ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި މިއަދު ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ދިވެހިންނަކީ ކޮންބައެއްކަމާއި، ދިވެހި ގައުމު މިއަދާ ހަމަޔަށް ގެނައުމުގައި މަސައްކަތްކޮށް މިއަދާ ހަމަޔަށް ގެނެސްދިނުމުގައި ގުރުބާންވީ ކޮންބައެއްކަމާއި، ގުރްބާންތަކަކީ ކޮބައިކަން ޒުވާނުންނަށް، ދަސްކޮށްދޭން ޖެހޭ ކަމަށެވެ.
"އެ މާތް މަގުސަދުގައި އަޅުގަނޑުމެން ދިވެހި ގައުމިއްޔަތު ދިރުވައި އާލާކުރުމުގެ މުހިންމު ސިޔާސަތެއް ކަނޑައަޅައި، މަސައްކަތް ފެށީ. އިރާދަކުރެއްވީތީ އެކަމުގެ ނަތީޖާ ފެންނަމުން އެބަދޭ. އަޅުގަނޑުމެން ފެށި ގިނަ މަސައްކަތްތައް، އޭގެ ފުރިހަމަ ކާމިޔާބީއާ ހަމަޔަށް މިދަނީ ހަމަ ޔަގީނުންވެސް ލޮބުވެތި ދިވެހި ރައްޔިތުން އެކަން ބަލައިގަނެ، އެކަމަށް ދެއްވާ ފުރިހަމަ އެއްބާރުލުމުގެ ސަބަބުން. ކުރައްވާ އިތުބާރުގެ ސަބަބުން. ދިވެހި ޒުވާނުންގެ ތެރެއިން ގައުމީ ހިދުމަތުގައި ބައިވެރިވެލެއްވުމަށް ބޭނުންވާ ހުރިހާ ޒުވާނުންނަށް އެ ފުރުޞަތު ހުޅުވައިލެވުމުން، އެ ޒުވާނުންގެ، އެ ކުދިންގެ ޢާއިލާތަކުން، މައިންބަފައިން، ބެލެނިވެރިން، މިއީ މުހިންމު ކަމެއްކަމާއި، މިއިން ވާނީ ފައިދާކަން ގަބޫލުކުރައްވައި ކުރެއްވި އިތުބާރުގެ ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހުޅުވައިލެވުނު ފުރުޞަތުގައިވެސް، ޖާގައޮތް މިންވަރަށްވުރެ ހަތަރުގުނައަށްވުރެ އިތުރަށް ބައިވެރިވާން ކުރިމަތިލި،" ރައީސަ ވިދާޅުވިއެވެ.
މި ފެށޭ އަހަރު، މީގެ ތިންގުނަ، ނޫނީ ހަތަރުގުނައަށް، ސަރުކާރުން ކުރިންވެސް ކަނޑައަޅާފައި އޮތްގޮތަށް ގާތްގަނޑަކަށް އިތުރު 1000 ކުދިން ތަމްރީނު ކުރަން ފެށޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ހަމަ އެގޮތަށް، ދެންއޮތް ކޮންމެ އަހަރަކު، މަދުވެގެން 1000 ކުދިން ތަމްރީނު ކުރަމުން ގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އާދެ، ގައުމުދެކެ ލޯބިވާ، ގައުމަށްޓަކައި ގުރްބާންވާން ތައްޔާރަށް ތިބި ބަޔަކު އަޅުގަނޑުމެން އުފެއްދުމަކީ، އަޅުގަނޑުމެން އެކަމަށްޓަކައި އުފާކުރަންޖެހޭ މުހިންމު ކަމެއް،" ރައީސް ވިދާޅުވިއެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް