އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅާފައިވާ 64.2 ބިލިއަން ރުފިޔާގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެކްސްގައި މިއަދު ރައީސް މުއިއްޒު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދު ހުށައެޅި ބަޖެޓަކީ މި ހިނގާ 2025 ވަނަ އަހަރުގެ ބަޖެޓަށް ވުރެ ކުޑަ ބަޖެޓެއް ކަމަށެވެ. ބަޖެޓުގައި ހިމަނާފައިވާ 9.3 ބިލިއަން ރުފިޔާގެ ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމުގެ ހަރަދާ ނުލައި، 2026 ވަނަ އަހަރުގެ ބަޖެޓަކީ 55 ބިލިއަން ރުފިޔާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހަށް އަންނަ އަހަރުގެ ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވެސް ވަނީ، އަންނަ އަހަރުގައި ބަޖެޓުގައި ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމަށް ބޮޑު އަދަދެއް ހިމަނާފައިވާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން އެމަނިކުފާނު ވެސް ވަނީ އަންނަ އަހަރު ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމަށް އަންނަ އަހަރުގެ ބަޖެޓުގައި 9.3 ބިލިޔަން ރުފިޔާ ހިމަނާފައިވާކަން ފާހަގަކުރައްވާފައެވެ.
އަންނަ އަހަރުގެ ބަޖެޓުގައި އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެ ކަމަށް ލަފާ ކޮށްފައި ވަނީ، 40.4 ބިލިޔަން ރުފިޔާ ކަމަށް ރައްޔިތުންގެ މަޖިލީހަށް ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވިއެވެ.
ފިނޭންސުން ބުނީ މީގެ ތެރެއިން ހަރަދުގެ ގޮތުގައި ހިނގާނީ، 49.2 ބިލިޔަން ރުފިޔާ ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ، ރިކަރަންޓް ހަރަދުގެ ގޮތުގައި 39.9 ބިލިޔަން ރުފިޔާ ކަމަށާއި އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި 9.3 ބިލިޔަން ރުފިޔާ ކަމަށެވެ.
ނ. ވިހަފަރުގައި އެއާޕޯޓު އެޅުމަށް ބިން ހިއްކަން ފަށައިފި
އެކައުންޓުތައް ހެކްކޮށް ފައިސާ ނެގި އިތުރު ބަޔަކު ހައްޔަރަށް
ދެ އިންތިހާބު އެއްކޮށްލާ ބިލަށް ސިޔާސީ ޕާޓީތަކުގެ މަޝްވަރާ ހޯދަނީ
790 މިލިއަން ޑޮލަރުގެ "ޕްރޮޖެކްޓް އައިލާ"ގެ ބިންގާ އަޅައިފި
ބިދޭސީ މީހާ މަރުވެފައި އޮތީ މީގެ ދެދުވަސް ކުރިން: ފުލުހުން