ދިވެހި ރައްޔިތުންގެ ބޯހިޔާވަހިކަމަށް ސަރުކާރުން އިހުމާލުވެފައިވާ ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން އެއްވުމެއް ބާއްވަން ނިންމައިފިއެވެ.
އެމްޑީޕީން ބުނީ ދިވެހި ރައްޔިތުންގެ ބޯހިޔާވަހިކަމަށް ސަރުކާރުން އިހުމާލުވެފައިވާ އަންނަ ހުކުރު ދުވަހުގެ ރޭ އެޕާޓީގެ އެއްވުމެއް ކާނިވާ ސަރަހައްދުގައި އޮންނާނެ ކަމަށެވެ. އެއްވުން އޮންނާނީ އެރޭގެ 20:30ގައި ކަމަށްވެސް އެޕާޓީން ބުނެއެވެ.
އެމްޑީޕީން އަންނަނީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި މާލޭގެ ރައްޔިތުންނަށް ހުޅުމާލޭ ފޭސް ދޭކުންނާއި ތިނަކުން އަދި ގުޅީފަޅާއި ގިރާވަރުފަޅުން ދީފައިވާ ގޯތިތައް މި ސަރުކާރުން ދިނުން ލަސް ކުރަމުން އަންނާތީ އެކަމަށް ފާޑު ކިޔަމުންނެވެ.
މީގެއިތުރުން ހުޅުމާލެ ފޭސް ދޭއްގައި އިމާރާތް ކޮށްފައިވާ 4000 ހައުސިން ޔުނިޓުގެ މަސައްކަތް ނިންމާ އެތަންތަނުގެ ހައްގުވެރިންނަށް އެތަންތަން ހަވާލު ނުކުރާތީ ވެސް އިދިކޮޅުން އަންނަނީ ކަންބޮޑުވުންފާޅުކޮށް ސަރުކާރަށް ފާޑު ކިޔަމުންނެވެ.
މި މަހުގެ ތިންވަނަ ދުވަހު އެމްޑީޕީން ވަނީ ގިނަ އަދަދެއްގެ ބަޔަކާއެކު މާލޭގައި ބޮޑު މުޒާހަރާއެއް ވެސް ކުރިޔަށް ގެންގޮސްފައެވެ. "ލޫޓުވައިފި" ނަމުގައި އެމްޑީޕީން ބޭއްވި މުޒާހަރާގައި ބައެއް މީހުން ހައްޔަރުވެސް ކުރިއެވެ. އަދި އެޕާޓީން ވަނީ އަންނަ މަހުގެ 17ވަނަ ދުވަހު އިތުރު ބޮޑު މުޒާހަރާއެއް ބާއްވާނެކަން ވެސް އިއުލާންކޮށްފައެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް