އަވަށްޓެރި އިންޑިއާ އަކީ ރާއްޖޭގެ ތަރައްގީގައި އިތުބާރު ހިފޭ ވަރަށް ގާތް ގައުމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަ ކުރަމުން އަންނަ އެ ގައުމުގެ 79 ވަނަ މިނިވަން ދުވަހާ ގުޅިގެން ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ރައީސް ދުރޯޕަޅީ މުރްމުރް އަށް ތަހުނިޔާ ވިދާޅުވެ، ރައީސް މުއިއްޒު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ އިންޑިއާގެ ރައްޔިތުންނަށް މިނިވަން ދުވަހުގެ ތަހުނިޔާ ވެސް އަރިސްކުރައްވާ ކަމަށެވެ.
ރައީސް ވިދާޅުވީ މިނިވަން ދުވަހާއެކު މިނިވަންކަމުގެ ޖޯޝާއި ރޫހު އާލާވެގެންދިއުމަށް އެދިވަޑައިގަންނަވާ ކަމަށާއި އިންޑިޔާއަކީ ރާއްޖޭގެ ތަރައްގީގައި އިތުބާރު ހިފޭ ވަރަށް ގާތް ގައުމެއް ކަމަށެވެ. އަދި ދެ ގައުމުގެ ރައްޔިތުންނާއި ސަރުކާރާ ދެމެދު ވެސް ވަަރަށް ގާތް ގުޅުމެއް އޮތްކަން ފާހަގަކުރެއްވިއެވެ.
ރާއްޖެ އާއި އިންޑިއާގެ ގުޅުމަށް މި އަހަރު 60 އަހަރުވެފައިވާ އިރު، މިދިޔަ މަހުގެ 26 ގައި ފާހަގަކުރި ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތަކުގެ މެހުމާނެއްގެ ގޮތުގައި މޯދީ ރާއްޖެ ވަޑައިގެންނެވިއެވެ.
އުރީދޫގެ ހިދުމަތްތަކަށް ބުރޫ އަރައިފި
ކުރީގެ ރައީސުން މުޒާހަރާ ކުރަން ނިކުންނައިރު ސެކިއުރިޓީ ކަނޑާލަނީ
މަޝްރޫއު އަވަސްކުރަން ޚާއްސަ ޔުނިޓު އުފެއްދުމަކީ ސަރުކާރު ފެއިލްވުން
ސިނގިރޭޓުގެ އަގު ހެޔޮކުރާ ބިލު މުޅި މަޖިލީހުގެ ކޮމެޓީން ފާސްކޮށްފި
މަޝްރޫއުތައް ނިންމަން މިނިސްޓްރީތަކުގައި ހާއްސަ ޔުނިޓެއް
އިންޑަސް ކޭޗްމަންޓް ސަރަޙައްދުގެ ފެނުގެ ބަހުސް އަލުން ވަޒަންކުރުން