ވެލާނާ އިންޓަޝޭނަލް އެއާޕޯޓް (ވީއައިއޭ) ގައި މިއަދު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މުވައްޒަފުންތަކެއްގެ އަތުން ފޭރުނު ފައިސާ ހުރި ބްރީފްކޭހެއް ފޭރުނު މައްސަލައިގައި ބަޔަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނެފައި ވަނީ މޫނު ނިވާކޮށްގެން ތިބި ބަޔަކު އެއާޕޯޓްގެ ކުރީގެ ޓާމިނަލަށް ދިޔަ ބީއެމްއެލްގެ މުވައްޒަފުންގެ އަތުން ފޭރުނު މައްސަލަ ރޭ ފަތިހު 4:45 ގައި ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. ފޭރިގެންފައި ވަނީ 100،000 އަށް ވުރެ ގިނަ ޑޮލަރެވެ.
އެ މައްސަލާގައި ހަތަރު މީހަކު ހައްޔަރު ކޮށްފައިވާކަން ފުލުހުން ވަނީ ބުނެފައެވެ. އެ މީހުންގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއާޕޯޓުގައި ހިނގި ފޭރުމާ ގުޅިގެން ފުލުހުން ކުރަމުން އަންނަ ތަހުގީގުގައި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ. އެގޮތުން، ކުށް ކުރުމަށް ބޭނުން ކުރި ލޯންޗު ހޯދައި ތުހުމަތު ކުރެވޭ ހަތަރު މީހުން ހައްޔަރުކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ