އައްޑޫ ހިތަދު އާއި ހުޅުމީދުއާ ދެމެދު އަޅަން ނިންމާފައިވާ ބްރިޖްގެ ކޮންސަލްޓަންސީ މަސައްކަތް ކުރުމަށް ޗައިނާގެ ކުންފުންޏަކާއި މިއަދު ހަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް ހައުސިން އިންފްރާސްޓްރަކްޗާ އިން ބުނީ އެ މަސައްކަތްހަވާލުކުރީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޓީވައި ލިން އިންޓަނޭޝަލްއާ ކަމަށެވެ.
އެ ކުންފުންޏާ އެކު ސޮއި ކުރަން ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. މުއްތަލިވެ. ޓީވައި ލިން އިންޓަނޭޝަނަލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ރައީސް ޗެން ޒިއާހޫއެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ އައްޑޫގެ ބްރިޖްގެ ކޮންސަލްޓަންސީގެ މަސައްކަތުގެ ތެރެއިން ސާވޭ އާއި ޑިޒައިން ހެދުމާއި ބްރިޖާ ގުޅޭ ޓެކްނިކަލް ވަރަށް ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.
އައްޑޫ ސިޓީގެ ހިތަދޫ އާއި އަދި ވަކިން އޮންނަ ހުޅުމީދޫ ގުޅުވާލަދޭ ބްރިޖު މަޝްރޫއުގައި ސޮއިކޮށްފައި ވަނީ 2024ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 19ވަނަ ދުވަހުއެވެ. އެ މަސައްކަތް ހަވާލު ކޮށްފައި ވަނީ "ދަ އަރަބް ކޮންޓްރެކްޓާސް - އޮސްމާން އަހުމަދު އޮސްމާން އެންޑް ކޯ"އާއެވެ.
ހިތަދޫ އާއި ހުޅުމީދޫ ގުޅާލާ ބްރިޖުގެ ދިގު މިނަކީ 13-15 ކިލޯ މީޓަރެވެ. މިއީ ރާއްޖޭގައި މިހާތަނަށް އަޅާ އެންމެ ބޮޑު ބްރިޖެވެ. މިހާތަނަށް ރާއްޖޭގައި އަޅާފައި ވަނީ އެންމެ ބްރިޖެކެވެ. އެއީ މާލެ އާއި ހުޅުމާލެ ގުޅުވާލަދޭ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖެވެ. އެ ބްރިޖުގެ ދިގުމިނަކީ ވެސް 1.3 ކިލޯ މީޓަރެވެ. ތިލަމާލެ ބްރިޖުގެ ދިގު މިނަކީ 6.7 ކިލޯ މީޓަރެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް
ހަނކެޑަ ބުރިޖް ކިޔާ ތަނެއް މި ރާއްޖޭގައި އެބައޮތް، އަދި ރަޖިސްޓަރީ އަށް ނާރަނީ ކަމަށް ވެދާނެ. މިހާތަނަށް ނިމިފައިވާ އެންމެ ދިގު ބުރިޖް ކަމަށް ބުނަނީ. 1.4ކމ. ހުންނާތީ. ތެދަކަށްވެސް ވެދާނެ. ނޫސްވެރިޔާ ޚަބަރެއްބަލާލަ ބަލަ.
ހަންކޮޅު