ގެއްލިގެން ހޯދަމުންދިޔަ ނޭޕާލްގެ އަންހެން މީހާ ފެނިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.
އެ އަންހެން މީހާ ގެއްލިގެން ހޯދަމުން އަންނަ ކަމަށް ފުލުހުން ބުނީ މިމަހުގެ 24ވަނަ ދުވަހުއެވެ.
ގެއްލިގެން ހޯދަމުން ދިޔައީ ނޭޕާލް ރައްޔިތެއްކަމަށްވާ ޕޫރްނީމާ ގަޖްމަރ (19އ) އެވެ.
އޭނާ ހޯދަމުންދިޔައީ އޮކްޓޯބަރ 21 ވަނަ ދުވަހުގެ މެންދުރު 2:00 އެހައިކަންހާއިރުން ފެށިގެން ދިޔަ ތަނެއް ނޭނގި ގެއްލިފައިވާކަމަށް 2025 އޮކްޓޯބަރ 23 ވަނަ ދުވަހުގެ އިރުއޮއްސި 06:56 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެންނެވެ.
ފުލުހުން އާއްމުންގެ އެހީއަށް ވެސް އެކަމުގައި އެދުނީ އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާއެކު ކަމާ ގުޅުންހުރި އެންމެހާ ބަހާތަކަށް އެކަމުގެ މައުލޫމާތު ހިއްސާކުރެވި، އޭނާ ހޯދުމަށް މިހަތާނަށް ކުރެވުނު މަސައްކަތުން އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް އަދި އުޅޭތަނެއް ހޯދިފައިނުވުމުންނެވެ.
ފުލުހުން މިއަދު ބުނި ގޮތުގައި އެ އަންހެން މީހާ މިހާރު ވަނީ ފެނިފައެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށްވެސް ފުލުހުން ބުންޏެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ