އައްޑޫ ސިޓީގެ ތިން ރަށެއްގައި ވަކި ކައުންސިލެއް އުފެއްދުމަށް ފެނޭތޯ ނަގާ ހިޔާލު ހޯދުމުގެ ވޯޓުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި ފޭދޫ ބޭނުން ވަނީ ސިޓީ ކައުންސިލުން ވަކިނުވެ އޮތުމަށެވެ.
މިއަދު ހެނދުނު 8:00ގައި ފެށި މި ވޯޓު ނެގުން މިއަދު ހަވީރު 16:00އަށް ވަނީ ބަންދުވެފައެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މި ވޯޓުގައި ޖުމްލަ 9،576 މީހުންނަށް ވޯޓު ލެވޭނެ ކަމަށެވެ. ނަމަވެސް މި އިންތިހާބުގައި 50 ޕަސެންޓު މީހުން ވެސް ވޯޓުލާން ނިކުމެފައެއް ނުވެއެވެ.
ވަގުތީ ނަތީޖާ ދައްކާ ގޮތުގައި ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް އުފައްދާށެވެ. ނަމަވެސް އެގޮތެއް ފޭދޫ ބޭނުމެއް ނޫނެވެ. ސިޓީ ކައުންސިލުން ވަކިވާކަށް ފޭދޫއެއް ބޭނުމެއް ނޫނެވެ.
މިއަދުގެ ވޯޓުން މީގެ 15 އަހަރު ކުރިން މި ތިން ރަށް ނިންމި ނިންމުންތަކެއް މިވަނީ ބަދަލުވެގެން ގޮސްފައެވެ. އެގޮތުން 2010ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 9ވަނަ ދުވަހު، ސިޓީ ކައުންސިލެއް އުފައްދަން ތާއީދުކުރީ ހަމައެކަނި ހުޅުދޫ ރައްޔިތުންނެވެ. މީދޫ އާއި ފޭދޫ އިން ސިޓީ ކައުންސިލެއް އުފައްދަން ދެކޮޅެވެ.
"އައިޝާ" ޑޮކިއުމަންޓްރީއާ ގުޅިގެން ނެރުނު އަމުރު އިސްތިއުނާފުކޮށްފި
މަޖިލީހުގެ މިހިނގާ ދައުރު މިމަހުގެ ނިޔަލަށް ދަންމާލަނީ
ނާޒިމް ވަކި ކުރުމުގެ މައްސަލަ ހުށަހަޅައިފި
ރައީސަށް ގަޒުފްކުރި ކަމަށް ތުހުމަތުކޮށް އާސިއްޕެ ޕޮލިހަށް
އިންޑިއާ އަށް ވަޑައިގެން އިރުތިޝާމް ޖައިޝަންކަރާ ބައްދަލުކޮށްފި
މަޖިލިސް ނާއިބުކަމުން ނާޒިމް ވަކިކުރަން ސޮއި ހަމަކޮށްފި