އައްޑޫ ސިޓީގެ ތިން ރަށެއްގައި ވަކި ކައުންސިލެއް އުފެއްދުމަށް ފެނޭތޯ ނަގާ ހިޔާލު ހޯދުމުގެ ވޯޓުގައި މިހާތަނަށް ވޯޓުލީ ވޯޓުލެވޭ އާބާދީގެ ތެރެއިން މަދު އަދަދެއްކަން އިލެކްޝަންސް އިން ހާމަކުރި ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މިއަދު ހެނދުނު 8:00ގައި ފެށި މި ވޯޓު ނެގުން މިއަދު ހަވީރު 16:00އަށް ބަންދުވާނެއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މި ވޯޓުގައި ޖުމްލަ 9،576 މީހުންނަށް ވޯޓު ލެވޭނެ ކަމަށެވެ. ނަމަވެސް މިއަދުގެ މެންދުރުފަހު 15:00އާ ހަމައަަށް ވޯޓުލާފައި ވަނީ 3،410 މީހުން ކަމަށް އިލެކްޝަނުން ބުންޏެވެ. އެއީ ވޯޓުލެވޭ އާބާދީގެ ތެރެއިން 35.61 ޕަސެންޓު މީހުންނެވެ.
މިހާތަނަށް 6،166 މީހުން ވޯޓުލާފައެއް ނުވެއެވެ. އެއީ 64.39 ޕަސެންޓު މީހުންނެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ