ޔޯގާގެ ހަރަކާތްތައް އިޝްތިހާރުކޮށް މާލޭގައި ޔޯގާގެ ހަރަކާތްތައް ހިންގުމަށް މިދިޔަ ސެޕްޓެމްބަރު ހުޅުވި ވެލްނެސް ސެންޓަރުގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހަށް ދެ މިނިސްޓަރަކު ހާޒިރުކޮށް ސުވާލު ކުރުމަށް އިދިކޮޅު އެމްޑީޕީން ހުށަހަޅައިފިއެވެ.
އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ހުށަހަޅާފައި ވަނީ އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ އާއި ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރުމަށެވެ.
"ބެލެންސް ސްޓޫޑިއޯ"ގެ ނަމުގައި އެ ވެލްނެސް ސެންޓަރު ހުޅުވާފައި ވަނީ މިދިޔަ މަހުގެ 23ވަނަ ދުވަހުއެވެ. އެތަން ހުޅުވައިދެއްވީ މިނިސްޓަރު މާރިޔާއެވެ.
އެކަމަނާއާ ކުރައްވާ ސުވާލަކީ ޔޯގާގެ ހަރަކާތް ހިންގާނެކަން އާންމުކޮށް އިޝްތިހާރުކޮށްގެން، ފާއިތުވި ސެޕްޓެމްބަރު މަހުގެ 23 ގައި އަމިއްލަ ކުންފުންޏަކުން 'ބެލެންސް ސްޓޫޑިއޯ'ގެ ނަމުގައި މާލޭގައި ހިދުމަތް ދޭން ފެށި ވެލްނަސް ސެންޓަރު ރަސްމީކޮށް ހުޅުވައިދެއްވުމަށް މިނިސްޓަ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ ޑރ. މަރިޔަމް މާރިޔާ ވަޑައިގެންނެވީ އެކަން ކުރުމަށް ރައީސްގެ ހުއްދައެއް ނުވަތަ އިރުޝާދުފުޅެއް ލިބިވަޑައިގެންތޯއެވެ.
އިހުސާނާ ކުރައްވާ ސުވާލަކީ ބެލެންސް ސްޓޫޑިއޯގެ ނަމުގައި ފާއިތުވި ސެޕްޓެމްބަރު މަހުގެ 23ގައި އަމިއްލަ ކުންފުންޏަކުން މާލޭގައި ހިދުމަތް ދޭން ފެށި ވެލްނަސް ސެންޓަރުގައި ޔޯގާގެ ހަރަކާތް ހިންގާނެކަން އާންމުކޮށް އިޝްތިހާރު ކުރިއިރު އެކަން ނުހުއްޓުވި ސަބަބަކީ ކޮބައިތޯ؟ ޔޯގާގެ ހަރަކާތް ހިންގުން ހުއްދަ ކަމަށް ރައީސްގެ އިރުޝާދުފުޅެއް ލިބިފައިވޭތޯއެވެ.
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އިންޑިއާ ހައި ކޮމިޝަނުން ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާގެ ހަރަކާތާއި ގުޅިގެން ވަނީ ހަމަނުޖެހުންތަކެއް އުފައްދައިފައެވެ. އަދި އެ މައްސަލާގައި އޭރު އިދިކޮޅުގައި އޮތް މި ސަރުކާރުގެ އިސްވެެރިންތަކެއްގެ މައްޗަށް ވެސް ދައުވާކުރިއެވެ. އެކަމަކު މިހާރު އެ ދައުވާތައް ވަނީ އަނބުރާ ގެންގޮސްފައެވެ.
އުންމީދަކީ އުފާވާ ޖަވާބުތަކެއް ސަރުކާރުން ލިބިގެންދިއުން: އިމްރާން
ހައްޔަރުކޮށްފައިވާ މަސްވެރިން ދޫކޮށްލުމަށް ނަޝީދު ގޮވާލައްވައިފި
ރަސްމީ ރިޒާވަށް 6 މިލިއަން ޑޮލަރުގެ އިތުރުވުމެއް
މަޓޭ ބަންދުން ދޫކޮށްލައިފި، އަދިވެސް އޮތީ ހޮސްޕިޓަލުގައި
ތަމްރީނު ދަތުރެއްގައި ފުލުހުންގެ އޮފިސަރުންތަކެއް އިންޑިއާގައި