ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ނާއިބު ރައީސްކަމުގެ މަގާމުގައި ހުންނެވި މުހައްމަދު ނިޔާޒު އެ މަގާމުން އިސްތިއުފާ ދެއްވުމުން އެ މަގާމަށް ޔަޒްމީދު މުހައްމަދު އިންތިހާބުކޮށްފިއެވެ.
ނިޔާޒު އެ މަގާމުން އިސްތިއުފާ ދެއްވީ އިއްޔެގެ ވަގުތެއްގައެވެ. އަދި ހަމަ އިއްޔެ ބޭއްވި ޖޭއެސްސީގެ ޖަލްސާއެއްގައި އެ މަގާމަށް ޔަޒްމީދު ވަނީ އިންތިހާބުކޮށްފައެވެ.
ޔަޒްމީދު ޖޭއެސްސީ އަށް އައްޔަން ކޮށްފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 23ވަނަ ދުވަހުއެވެ.
ޔަޒްމީދު އެ މަގާމަށް އައްޔަން ކުރެއްވީ ޖޭއެސްސީގެ މެންބަރެއްގެ ގޮތުގައި ހުންނެވި، މުހައްމަދު ސަމީރު އެ މަގާމުން ވަކި ކުރެއްވުމަށްފަހުއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ